ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހުށަހެޅުމަށާއި، އެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އިކޮނޮމިކް މިނިސްޓްރީން ޕޯޓަލްއެއް ތައާރަފްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 10 Sep 2026

ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހުށަހެޅުމަށާއި، އެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އިކޮނޮމިކް މިނިސްޓްރީން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

ވިޔަފާރިތަކަށް ދިމާވާ ކަންބޮޑުވުންތައް ހިއްސާކުރުމާއި، ސުވާލުކުރުމާއި، އަދި ހިޔާލު ހުށަހެޅުން މިހާރު ސީދާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑަށް އާ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކަންކަން ފަހުން ބަލައި، ޓްރެކް ވެސް ކުރެވޭނެއެވެ.

މިނިސްޓްރީން "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" ތަޢާރަފްކުރީ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ލުއި ފަސޭހަ ނިޒާމެއްގެ ދަށުން ހައްލުކޮށްދިނުމަށެވެ. މި ޕްލެޓްފޯމަކީ ކަންބޮޑުވުންތަކާއި، ސުވާލުތަކާއި، އަދި ހިޔާލުތަކަށް ހާއްސަކުރެވިފައިވާ އޮންލައިން ޕޯޓަލްއެކެވެ.

އީމެއިލް ނުވަތަ ފޯނުން މިނިސްޓްރީއާ ގުޅުމުގެ ބަދަލުގައި، ނުވަތަ އޮފީހަށް ޒިޔާރަތްކުރުމުގެ ބަދަލުގައި، ވިޔަފާރިތަކަށް މިހާރު facilitation.trade.gov.mv ގައި ރެޖިސްޓްރީވެ، އޮންލައިންކޮށް ހުށަހެޅުންތައް ހުށަހެޅޭނެއެވެ.

މި ޕޯޓަލްއިން ކޮންމެ ހުށަހެޅުމަކަށް ހާއްސަ ރެފަރެންސް ނަންބަރެއް ދޫކުރެއެވެ. މީގެ ސަބަބުން އެ މައްސަލައެއް ކުރިއަށްދާ ގޮތް ޔޫޒަރުންނަށް މޮނިޓާ ކުރެވޭނެ އެވެ. މީގެ އިތުރުން، މައްސަލަ އޮތް މަރުހަލާ އާއި، އެ މައްސަލައަކާ ގުޅިގެން މިނިސްޓްރީން ނިންމި ނިންމުންތަކާއި ދިން ޖަވާބުތައް ވެސް މި ޕޯޓަލްއިން ފެންނަން ހުންނާނެ އެވެ.

މި ނިޒާމުގެ މަގްސަދަކީ މިނިސްޓްރީ އާއި ވިޔަފާރިވެރިންގެ މެދުގައި ގާތް އަދި ބަދަހި މަސައްކަތުގެ ގުޅުމެއް އުފެއްދުމެވެ. އަދި ވިޔަފާރިތަކުން ހުށަހަޅާ ކަންބޮޑުވުންތައް މިނިސްޓްރީން ބަލައި، ހައްލުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިތަކަށް ފެންނަން ހުރުމެވެ.

މި ޕޯޓަލްއަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، އާންމު ހިދުމަތްތައް ޒަމާނީކޮށް، އޮންލައިންކޮށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. ސަރުކާރުން އުންމީދު ކުރަނީ މި ޑިޖިޓަލް ނިޒާމުތަކަކީ ބޭނުންކުރަން ފަސޭހަ އަދި ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ނިޒާމުތަކަކަށް ވެގެންދިއުމެވެ.

މި މަސައްކަތްތަކުގެ ދަށުން، މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް، ލުއިފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުން ވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނެގުމުން ނަގާ 'ކްރޮސް ބޯޑަރ' ފީ ބީއެމްއެލްއިން އުވާލައިފި
ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނެގުމުން ނަގާ 'ކްރޮސް ބޯޑަރ' ފީ ބީއެމްއެލްއިން އުވާލައިފި
ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު ކުރިން ނަގަމުން އައި 'ކްރޮސް ބޯޑަރ' ފީ، މިރެއިން ފެށިގެން ނެގުން ހުއްޓާލުމަށް ނިންމާފައިވާކަން ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ޚަބަރު 10 Sep 2026
މަސްތުވާތަކެތި ޓްރެފިކްކުރަން ގެ ދޫކުރި މައްސަލައިގައި ގ. ޕެލިކަން އިބްރާހީމް ނާތިމް 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކްކުރަން ގެ ދޫކުރި މައްސަލައިގައި ގ. ޕެލިކަން އިބްރާހީމް ނާތިމް 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކްކުރުމަށާއި ޕެޑްލްކުރުމަށް ތަނެއް ހުއްދަކުރުމުގެ ކުށުގައި މާލެ، ގ. ޕެލިކަން، އިބްރާހީމް ނާތިމް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ޚަބަރު 10 Sep 2026
ރިޔާސީ ޓިކެޓުގައި ނަޝީދުގެ ފަހަތަށް ފައްޔާޒު ޖެހިވަޑައިގަތުމަށް ބޮންޑެ ގޮވާލައްވައިފި
ރިޔާސީ ޓިކެޓުގައި ނަޝީދުގެ ފަހަތަށް ފައްޔާޒު ޖެހިވަޑައިގަތުމަށް ބޮންޑެ ގޮވާލައްވައިފި
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ފަހަތަށް ޖެހިވަޑައިގަތުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.
ޚަބަރު 10 Sep 2026
ދެ ދައުލަތުގެ ޙައްލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި
ދެ ދައުލަތުގެ ޙައްލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި
ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައިގައި ދެ ދައުލަތުގެ ޙައްލު ޤާއިމުކުރުމާ ގުޅޭގޮތުން ދުނިޔޭގެ 12 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
ޚަބަރު 09 Sep 2026