ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ދެ ދައުލަތުގެ ޙައްލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Sep 2026

ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައިގައި ދެ ދައުލަތުގެ ޙައްލު ޤާއިމުކުރުމާ ގުޅޭގޮތުން ދުނިޔޭގެ 12 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

މި މައްސަލައިގައި ގުޅިފައިވާ ބަޔާނެއް ނެރެފައިވަނީ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)، ކެނެޑާ، ޑެންމާކް، ފިންލެންޑް، ފްރާންސް، އައިސްލެންޑް، އަޔަލެންޑް، ނޯވޭ، ޕޯލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން އިންނެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމާއި އެ ޤައުމުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމާ ދެކޮޅަށް، އެ ޤައުމުތަކުގެ ގުޅިފައިވާ ބަޔާނުގައި ފާޅުކޮށްފައިވާ އެކުވެރި ޢަޒުމް ދިވެހިރާއްޖެއިން ޚާއްޞަ ގޮތެއްގައި ބަލައިގަނެއެވެ.

ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި، މި ކުރިއެރުމަކީ މެދުއިރުމަތީގެ ސަރަޙައްދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަލުން އުފެދެމުން އަންނަ ބާރެއް ދައްކުވައިދޭ ކަމެކެވެ. އަދި މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙައާއި، ރައްކާތެރިކަމާއި، ކަރާމާތް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ބައިނަލްއަޤްވާމީ ދުނިޔެ އިއްތިފާޤުވަމުން އަންނަ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމުގައިވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން، އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޤަވާޢިދާ ޚިލާފަށް ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ދިވެހިރާއްޖެއިން އަބަދުވެސް ފާޅުކުރަމުންދާ ދެކޮޅުވެރިކަން މި ބަޔާނުގައިވެސް ވަނީ އަލުން ތަކުރާރުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އަލިއަޅުވާލައި ނެރުނު މި ބަޔާން ނިންމާލަމުން ދިވެހި ސަރުކާރުން ބުނެފައިވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށާއި، އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އަދި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަޤިއްލު އަދި ދެމެހެއްޓެނިވި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސް ޑރ. މުޢިއްޒު ފަދައިން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވަން: އަބްދުއްރަހީމް
ރައީސް ޑރ. މުޢިއްޒު ފަދައިން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވަން: އަބްދުއްރަހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން ސިޔާސީ ޕާޓީއެއް ހިންގެވުމުގައި ނަމޫނާ ދައްކަވައި، ހަރުދަނާ އުސޫލުތަކަކުން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026
ތިލަފުށީ ބަނދަރުގެ މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން: އިކޮނަމިކް މިނިސްޓްރީ
ތިލަފުށީ ބަނދަރުގެ މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން: އިކޮނަމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ މިފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ނިންމުމަކީ ހަމައެކަނި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާމެދު ވަކި ގޮތަކަށް ދެކޭ ދެކުމެއް ނުވަތަ ގުޅުމަށް އައި ބަދަލެއް ދައްކުވައިދޭ ކަމެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު 09 Sep 2026
އެލްނީނިއޯގެ އަސަރު ގަދަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
އެލްނީނިއޯގެ އަސަރު ގަދަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ "އެލްނީނިއޯ" ކޮޅިގަނޑު އިތުރަށް ބާރުގަދަވަމުން އަންނާތީ، ރާއްޖޭގެ އެކި ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
ޚަބަރު 09 Sep 2026
23 އަހަރުވީ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގައި ޢަމަލުކުރި ގޮތް ބަލަން ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި
23 އަހަރުވީ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގައި ޢަމަލުކުރި ގޮތް ބަލަން ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި
ގާތްގަނޑަކަށް 23 އަހަރު ވެފައިވާ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްގައި އެއްވެސް އުސޫލަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެ މައްސަލަ އަމިއްލައަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ޚަބަރު 09 Sep 2026