މަސްތުވާތަކެތި ޓްރެފިކްކުރަން ގެ ދޫކުރި މައްސަލައިގައި ގ. ޕެލިކަން އިބްރާހީމް ނާތިމް 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 10 Sep 2026

މަސްތުވާތަކެތި ޓްރެފިކްކުރުމަށާއި ޕެޑްލްކުރުމަށް ތަނެއް ހުއްދަކުރުމުގެ ކުށުގައި މާލެ، ގ. ޕެލިކަން، އިބްރާހީމް ނާތިމް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ 20 ޖަނަވަރީ 2026 ދުވަހުގެ ރޭ 19:30 ހާއިރު ގ. ޕެލިކަން ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ފާސްކުރިއިރު، އެ ގޭގެ އެކި ތަންތަނުން ޖުމްލަ 38.3129 ގްރާމްގެ ކެނެބިސް ފެނުނު މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ދަޢުވާއެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިބްރާހީމް ނާތިމްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ޤާޟީ އަލްއުސްތާޛު މުޙައްމަދު މިޞްބާޙު މައްސަލައިގެ ޙުކުމް އިއްވަވާފައިވަނީ 09 ސެޕްޓެމްބަރ 2026 ގައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް ޖަވާބުދާރީވަމުން އިބްރާހީމް ނާތިމް ވަނީ ކުށަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެ ތަނަކީ އެހެން ބަޔަކަށް ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި، ފުލުހުންނަށް އަބަދުވެސް އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި އޭނާ ހުއްޓައި އެފަދަ ކަމެއް އެތަނުގައި ހިންގާފައި ނުވާނެ ކަމަށްވެސް ބުންޏެވެ.

ނަމަވެސް، ޝަރީޢަތުން މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި ފާހަގަކޮށްފައިވަނީ، 2014 ވަނަ އަހަރުން ފެށިގެން އެ ގޭގައި މަސްތުވާތަކެތީގެ މުޢާމަލާތްތައް ހިންގާތީ ފުލުހުން ތަކުރާރުކޮށް އެތަން ފާސްކޮށް، އެކަން ހުއްޓުވުމަށް އެ ގޭގެ ބެލެނިވެރިކަން އޮތް އިބްރާހީމް ނާތިމަށް އެކިފަހަރު މަތިން އަންގާފައިވާ ކަމަށެވެ. އަދި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ތަން ވަކިކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޭނާއަށް ލިބިފައިވީ ނަމަވެސް، އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ކޯޓަށް ވަނީ ސާބިތުވެފައެވެ.

މީގެއިތުރުން، ސީން އޮފް ކްރައިމްސް އޮފިސަރުންގެ ރިޕޯޓުތަކުން އެ ތަނަކީ ޢާންމު ދިރިއުޅުމަކަށް ބޭނުންކުރާ ކައްކާ ކެއުމާއި ނިދުމުގެ އެއްވެސް ވަސީލަތެއް ހުރި ތަނެއް ނޫންކަން އެނގޭތީ، އެ ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން އޭނާއަށް އެނގިހުރެ ނުވަތަ އެނގޭނެ ފުރުޞަތު އޮވެ، އެ ކަމަށް ރުހި ފުރުޞަތު ދީފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ.

އަދަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލުން ވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބު ކަމަށްވާ 10 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށް އެދިފައެވެ. ދަޢުވާލިބޭ ފަރާތުން ބުނެފައިވަނީ މިއީ ނުޙައްޤުން ދޭ އަދަބެއް ކަމަށެވެ.

ކްރިމިނަލް ކޯޓުން ޙުކުމްކުރީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމަށް ނުވަތަ ޕެޑްލްކުރުމަށް ޢިމާރާތެއް ނުވަތަ އެއިން ބައެއް ހުއްދަކުރުމުގެ ކުށުން އިބްރާހީމް ނާތިމް ކުށްވެރިވެއްޖެ ކަމަށާއި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށްލުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހުށަހެޅުމަށާއި، އެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އިކޮނޮމިކް މިނިސްޓްރީން ޕޯޓަލްއެއް ތައާރަފްކޮށްފި
ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހުށަހެޅުމަށާއި، އެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އިކޮނޮމިކް މިނިސްޓްރީން ޕޯޓަލްއެއް ތައާރަފްކޮށްފި
ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހުށަހެޅުމަށާއި، އެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އިކޮނޮމިކް މިނިސްޓްރީން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.
ޚަބަރު 10 Sep 2026
ރިޔާސީ ޓިކެޓުގައި ނަޝީދުގެ ފަހަތަށް ފައްޔާޒު ޖެހިވަޑައިގަތުމަށް ބޮންޑެ ގޮވާލައްވައިފި
ރިޔާސީ ޓިކެޓުގައި ނަޝީދުގެ ފަހަތަށް ފައްޔާޒު ޖެހިވަޑައިގަތުމަށް ބޮންޑެ ގޮވާލައްވައިފި
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ފަހަތަށް ޖެހިވަޑައިގަތުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.
ޚަބަރު 10 Sep 2026
ދެ ދައުލަތުގެ ޙައްލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި
ދެ ދައުލަތުގެ ޙައްލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި
ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައިގައި ދެ ދައުލަތުގެ ޙައްލު ޤާއިމުކުރުމާ ގުޅޭގޮތުން ދުނިޔޭގެ 12 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
ޚަބަރު 09 Sep 2026
ރައީސް ޑރ. މުޢިއްޒު ފަދައިން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވަން: އަބްދުއްރަހީމް
ރައީސް ޑރ. މުޢިއްޒު ފަދައިން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވަން: އަބްދުއްރަހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން ސިޔާސީ ޕާޓީއެއް ހިންގެވުމުގައި ނަމޫނާ ދައްކަވައި، ހަރުދަނާ އުސޫލުތަކަކުން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026