ފޮޓޯ: ސަން
ފޮޓޯ: ސަން

ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Sep 2026

ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސިނަމާލެ ބްރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައެވެ. ފުލުހުންނަށް މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ ރޭ މެންދަމު 2:21 އެހައިކަންހާއިރުކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިތުރަށް ދުއްވަން ދަތިވެގެން ބްރިޖުގެ އެއްފަރާތުގައި މަޑުކޮށްފައި ހުރި ސައިކަލެއްގައި، ފަހަތުން ބާރު ސްޕީޑުގައި އައި އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިޑެންޓުގައި އޭނާގެ ފައިގެ ކަށިމަތި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުންފުނިތަކަށް ފުރުޞަތު ދިނުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ފުޅާކުރަނީ
ކުންފުނިތަކަށް ފުރުޞަތު ދިނުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ފުޅާކުރަނީ
"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެހެން ފުޅާކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Sep 2026
3 މިނިސްޓްރީގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވީ ނިއްވަން ދަތި ތަންތަނުގައި ނަރުތައް ހުރުމުގެ ސަބަބުން، ރޯވީ ޝޯޓެއް ވެގެން: ފުލުހުން
3 މިނިސްޓްރީގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވީ ނިއްވަން ދަތި ތަންތަނުގައި ނަރުތައް ހުރުމުގެ ސަބަބުން، ރޯވީ ޝޯޓެއް ވެގެން: ފުލުހުން
އޭނާ ވިދާޅުވީ 7:16 ގައި ފެނުނު އަލިފާން ނިއްވާލުމަށްފަހުގައި ވެސް ސީލިންގެ އެކި ހިސާބުތަކުގައި އަލިފާން ހުރިކަން ފާހަގަކުރެވިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން އެތަނުން މީހުން ބޭރުކުރުމަށާއި، އަލިފާން ހޯދައި ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުގަނޑު ފަޅައިގެން ގޮސް ފެތުރިގެން ދިޔަ ކަމަށެވެ. 
ޚަބަރު 24 Sep 2026
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތަރައްޤީގައި ސަޢޫދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޚަބަރު 24 Sep 2026
ކަނޑުދަތުރުފަތުރާއި މަސްދަތުރުތަކަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް "އޮޑިގޯ" ތަޢާރަފުކޮށްފި
ކަނޑުދަތުރުފަތުރާއި މަސްދަތުރުތަކަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް "އޮޑިގޯ" ތަޢާރަފުކޮށްފި
ރާއްޖޭގެ ކަނޑުދަތުރުފަތުރާއި، މަސްވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި އެކްސްކާޝަންތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ބުކްކޮށްލެވޭ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް، "އޮޑިގޯ" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
ޚަބަރު 24 Sep 2026