މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޢަލީ ޝަރީފް
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޢަލީ ޝަރީފް

ކުންފުނިތަކަށް ފުރުޞަތު ދިނުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ފުޅާކުރަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Sep 2026

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެހެން ފުޅާކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުޙީބަށާއި އެދެވޭ ނަތީޖާއަށް ބަލައި، އަންނަ އަހަރު އިތުރު ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ. އަދި މިހާރު މި ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ އަމިއްލަ ފަރުދުންނަށް ކަމަށް ވިޔަސް، ކުރިއަށް އޮތް ތަނުގައި ކުންފުނިތަކަށް ވެސް ފުރުޞަތު ލިބޭނެހެން މި ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ހޮވޭ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ގާތްގަނޑަކަށް 6,473.58 ޔޫއެސް ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ޕްރޮގްރާމް ކުންފުނިތަކަށް ފުޅާކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިތަކަށް މިއަށްވުރެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ. އަދި މި ފުރުޞަތު ފުޅާކުރުމުން އައު އީޖާދީ ޚިޔާލުތަކާއެކު ފަށާ ސްޓާޓްއަޕްތަކަށް މާލީ އެހީތެރިކަމާއެކު އެމީހުންގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު އިފްތިތާޙުކުރި މި ޕްރޮގްރާމަށް ހުށަހެޅި 150 ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ މަސައްކަތް ނިމުމުން، ޕްރޮގްރާމަށް ހޮވޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހު އިޢުލާނު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެންނެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި ވިލުންވެށި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ތިމާވެށި ރައްކާތެރިކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އާދަތައް ކުރިއެރުވުމެވެ. މީގެ އިތުރުން ދެމެހެއްޓެނިވި އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.

ފޯމުތައް އިވެލުއޭޓް ކުރުމުގެ މަރުޙަލާ ނިމުމުން، މި ގްރާންޓް ލިބޭނީ އެންމެ ޤާބިލު 50 ފަރާތަކަށް ކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
3 މިނިސްޓްރީގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވީ ނިއްވަން ދަތި ތަންތަނުގައި ނަރުތައް ހުރުމުގެ ސަބަބުން، ރޯވީ ޝޯޓެއް ވެގެން: ފުލުހުން
3 މިނިސްޓްރީގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވީ ނިއްވަން ދަތި ތަންތަނުގައި ނަރުތައް ހުރުމުގެ ސަބަބުން، ރޯވީ ޝޯޓެއް ވެގެން: ފުލުހުން
އޭނާ ވިދާޅުވީ 7:16 ގައި ފެނުނު އަލިފާން ނިއްވާލުމަށްފަހުގައި ވެސް ސީލިންގެ އެކި ހިސާބުތަކުގައި އަލިފާން ހުރިކަން ފާހަގަކުރެވިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން އެތަނުން މީހުން ބޭރުކުރުމަށާއި، އަލިފާން ހޯދައި ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުގަނޑު ފަޅައިގެން ގޮސް ފެތުރިގެން ދިޔަ ކަމަށެވެ. 
ޚަބަރު 24 Sep 2026
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތަރައްޤީގައި ސަޢޫދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޚަބަރު 24 Sep 2026
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޚަބަރު 24 Sep 2026
ކަނޑުދަތުރުފަތުރާއި މަސްދަތުރުތަކަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް "އޮޑިގޯ" ތަޢާރަފުކޮށްފި
ކަނޑުދަތުރުފަތުރާއި މަސްދަތުރުތަކަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް "އޮޑިގޯ" ތަޢާރަފުކޮށްފި
ރާއްޖޭގެ ކަނޑުދަތުރުފަތުރާއި، މަސްވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި އެކްސްކާޝަންތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ބުކްކޮށްލެވޭ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް، "އޮޑިގޯ" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
ޚަބަރު 24 Sep 2026