ކަނޑުދަތުރުފަތުރާއި މަސްދަތުރުތަކަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް "އޮޑިގޯ" ތަޢާރަފުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Sep 2026

ރާއްޖޭގެ ކަނޑުދަތުރުފަތުރާއި، މަސްވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި އެކްސްކާޝަންތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ބުކްކޮށްލެވޭ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް، "އޮޑިގޯ" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

އޮޑިގޯ ޕްރައިވެޓް ލިމިޓެޑުން އުފެއްދި މި އެޕްލިކޭޝަނަކީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަނޑުމަތީގެ ތަފާތު ހަރަކާތްތައް ފަސޭހަކަމާއެކު ހޯދައި، ބުކިންގ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މީގެ ތެރޭގައި މަސްދަތުރުތައް (ފިޝިން ޓްރިޕްސް)، ޕްރައިވެޓް ބޯޓު ޗާޓަރުތައް، ޝެޑިއުލް ފެރީ ދަތުރުތައް އަދި ތަފާތު އެކްސްކާޝަންތައް ހިމެނެއެވެ.

މި އެޕް މެދުވެރިކޮށް އަތޮޅުތަކާއި ރަށްތައް ވަކިން ސާޗްކޮށް، ބޭނުންވާ ވައްތަރެއްގެ އުޅަނދެއް ޚިޔާރުކުރެވޭނެއެވެ. މީގެއިތުރުން، އުޅަނދުތަކުގެ ފޮޓޯއާއި، ތަފުސީލުތައް، އަގުތައް އަދި އެހެން ފަރާތްތަކުގެ ރިވިއުތައް ބަލައިލެވޭނެއެވެ. ޚާއްޞަކޮށް މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ކަނޑުއަޑީގެ ފުން މަސްވެރިކަމާއި، ޓްރޯލިންގ ފަދަ ސްޕޯޓްސް ފިޝިންގ ދަތުރުތައް އެކި އަތޮޅުތަކުން ބުކްކުރުމުގެ ފުރުޞަތު މި އެޕުން ލިބިގެންދެއެވެ.

އޮޑިގޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްލެޓްފޯމް މެދުވެރިކޮށް ބައިވެރިވާ މީހުންގެ ޢަދަދަށާއި ވަގުތަށް ބަލައި ހާފް-ޑޭ، ފުލް-ޑޭ ނުވަތަ އިރުއޮއްސޭ ވަގުތުގެ ދަތުރުތައް ފިލްޓަރކޮށްލެވޭނެއެވެ. އަދި ބުކިން ހެދުމަށްފަހު އުޅަނދުގެ ކެޕްޓަނާ ސީދާ މުޢާމަލާތްކޮށް، ރާއްޖޭގައި ބޭނުންކުރާ ލޯކަލް ޕޭމަންޓް މެތަޑްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ. މި އެޕްގައި ހިމަނާފައިވަނީ އިތުބާރު ހުރި ކެޕްޓަނުންނާއި އޮޕަރޭޓަރުންނެވެ.

މަސްދަތުރުތަކުގެ އިތުރުން ސްނޯކްލިންގ، ފިނޮޅުތަކަށް ދިއުމާއި، ސަންސެޓް ކްރޫޒް އަދި އައިލެންޑް ހޮޕިންގ ފަދަ ހިތްގައިމު ހަރަކާތްތައް ވެސް މި އެޕުން ބުކްކުރެވެއެވެ. ހަމައެއާއެކު، މިއީ އުޅަނދުފަހަރުގެ ވެރިންނަށް ވިޔަފާރި ފުޅާކުރުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. މީގެއިތުރުން މި ޕްލެޓްފޯމްގައި މަސްވެރިކަމާއި ޑައިވިންގ ސާމާނު ވިއްކުމަށް ޚާއްޞަ މެރިން މާކެޓްޕްލޭސްއެއްވެސް ވަނީ ހިމަނާފައެވެ.

އެޕަލް އެޕް ސްޓޯރ އަދި ގޫގަލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވެން ހުރި އޮޑިގޯ އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓުގައި މޫސުމާ ބެހޭ މަޢުލޫމާތާއި، ކަނޑުގެ ޙާލަތު އަންގައިދޭ މެރިން މެޕް ވެސް ވަނީ ހިމަނައިފައެވެ.

އޮޑިގޯ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ދިވެހި ކަނޑުތަކުގެ ޙަޤީޤީ ތަޖުރިބާ އެންމެ ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއެކު، ރަށްރަށުގެ ކެޕްޓަނުންނާއި، މަސްވެރި މުޖުތަމަޢުތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ މެރިން ވިޔަފާރިތަކަށް އެހީތެރިވެ ކުރިއެރުވުމެވެ.

އޮޑިގޯ އެޕް މި ލިންކް މެދުވެރިކޮށް ޑައުންލޯޑު ކޮށްލެވޭނެއެވެ. https://odigo.mv/app

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުންފުނިތަކަށް ފުރުޞަތު ދިނުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ފުޅާކުރަނީ
ކުންފުނިތަކަށް ފުރުޞަތު ދިނުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ފުޅާކުރަނީ
"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެހެން ފުޅާކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Sep 2026
3 މިނިސްޓްރީގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވީ ނިއްވަން ދަތި ތަންތަނުގައި ނަރުތައް ހުރުމުގެ ސަބަބުން، ރޯވީ ޝޯޓެއް ވެގެން: ފުލުހުން
3 މިނިސްޓްރީގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވީ ނިއްވަން ދަތި ތަންތަނުގައި ނަރުތައް ހުރުމުގެ ސަބަބުން، ރޯވީ ޝޯޓެއް ވެގެން: ފުލުހުން
އޭނާ ވިދާޅުވީ 7:16 ގައި ފެނުނު އަލިފާން ނިއްވާލުމަށްފަހުގައި ވެސް ސީލިންގެ އެކި ހިސާބުތަކުގައި އަލިފާން ހުރިކަން ފާހަގަކުރެވިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން އެތަނުން މީހުން ބޭރުކުރުމަށާއި، އަލިފާން ހޯދައި ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުގަނޑު ފަޅައިގެން ގޮސް ފެތުރިގެން ދިޔަ ކަމަށެވެ. 
ޚަބަރު 24 Sep 2026
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތަރައްޤީގައި ސަޢޫދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޚަބަރު 24 Sep 2026
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޚަބަރު 24 Sep 2026