'ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް' (ޖީ.ޑީ.އައި) ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ނައިބުރައީސް ވާހަކަދައްކަވަނީ.
'ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް' (ޖީ.ޑީ.އައި) ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ނައިބުރައީސް ވާހަކަދައްކަވަނީ.

ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ނައިބު ރައީސް ހާމަކުރައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 26 Sep 2026

ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި) އަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.

ނައިބު ރައީސް މިކަން ހާމަކުރެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި، ޖީޑީއައި އާ ގުޅޭގޮތުން ޗައިނާއިން އިންތިޒާމުކޮށްގެން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ.

މި އިނީޝިއޭޓިވް ކުރިއެރުވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވަމުން ނައިބު ރައީސް ވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދިމާވެފައިވާ ދާއިމީ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ބައިވެރިވުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ތަރައްޤީގެ ގުޅުމަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޮޑެތި ފައިދާތަކެއް ކޮށްދީފައިވާ ގުޅުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ނޫން ގޮތުގައި ދަރަނި ނެގުމުގެ ސަބަބުން، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި ތަރައްޤީގެ އެހެނިހެން މުހިންމު ކަންކަމަށް އިންވެސްޓްކުރުމަށް ޤައުމުތަކަށް ހުރަސްއެޅެމުންދާކަމުގެ އިންޒާރު ނައިބު ރައީސް ދެއްވިއެވެ. ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނާޒުކު ޙާލަތްތައް ބަޔާންކުރައްވައި، މޫސުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވެފައިވާ ވަޢުދުތައް ފުރިހަމައަށް ތަންފީޛުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކުރިއަށް އޮތް ކޮޕް31 (COP31) ސަމިޓާ ކުރިމަތިލާއިރު، ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަކަށް ބަދަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމުގައި ސައިންސާއި، ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އީޖާދީ ވަސީލަތްތަކުގެ ދައުރު ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، އަލަށް އުފެދޭ ޓެކްނޮލޮޖީތަކުގެ ފައިދާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފުރިހަމައަށް ލިބިގަތުމަށްޓަކައި ޤާބިލުކަން އިތުރުކުރުމަށާއި، ޓެކްނޮލޮޖީ ބަދަލުކުރުމަށާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ ވާހަކަފުޅު ނިންމަވާލެއްވީ، އެންމެންގެ ބައިވެރިވުން ހިމެނޭ، ވިލުންތެރި އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމަށް ގޮވާލައްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޔާމީނަށް ދެން ވެރިކަމުގެ ވަސްވެސް ނުދުވާނެ: ފަލާޙް
ޔާމީނަށް ދެން ވެރިކަމުގެ ވަސްވެސް ނުދުވާނެ: ފަލާޙް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ ޤާނޫނާ ޚިލާފު، ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޚަބަރު 26 Sep 2026
އިންޑިއާގެ މަޝްހޫރު 'ގުލްބަރުގާ ތޫރް ދާލް' ރާއްޖެއަށް އެކްސްޕޯޓްކުރަން ފަށައިފި
އިންޑިއާގެ މަޝްހޫރު 'ގުލްބަރުގާ ތޫރް ދާލް' ރާއްޖެއަށް އެކްސްޕޯޓްކުރަން ފަށައިފި
އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ފުޅާކުރުމުގެ ގޮތުން، ޚާއްޞަ ސިފަތަކެއް ލިބިގެންވާ "ޖިއޮގްރަފިކަލް އިންޑިކޭޝަން" (ޖީއައި) ޓެގް ލިބިފައިވާ "ގުލްބަރުގާ ތޫރް ދާލް" (މުގު) ގެ އެއް މެޓްރިކް ޓަނުގެ ޝިޕްމަންޓެއް ރާއްޖެއަށް އެކްސްޕޯޓްކޮށްފިއެވެ.
ޚަބަރު 26 Sep 2026
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސް މުޢިއްޒު ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސް މުޢިއްޒު ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި
އޯލެވެލް އިމްތިޙާނު ހަދަމުންދާ ދަރިވަރުންނާއި އޭލެވެލް އިމްތިޙާނަށް ތައްޔާރުވަމުންދާ ދަރިވަރުން، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ޚަބަރު 26 Sep 2026
ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ.
ޚަބަރު 25 Sep 2026