ގުލްބަރުގާ ތޫރް ދާލް
ގުލްބަރުގާ ތޫރް ދާލް

އިންޑިއާގެ މަޝްހޫރު 'ގުލްބަރުގާ ތޫރް ދާލް' ރާއްޖެއަށް އެކްސްޕޯޓްކުރަން ފަށައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 26 Sep 2026

އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ފުޅާކުރުމުގެ ގޮތުން، ޚާއްޞަ ސިފަތަކެއް ލިބިގެންވާ "ޖިއޮގްރަފިކަލް އިންޑިކޭޝަން" (ޖީއައި) ޓެގް ލިބިފައިވާ "ގުލްބަރުގާ ތޫރް ދާލް" (މުގު) ގެ އެއް މެޓްރިކް ޓަނުގެ ޝިޕްމަންޓެއް ރާއްޖެއަށް އެކްސްޕޯޓްކޮށްފިއެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ރާއްޖެއަށް މި ތަކެތި ފޮނުވާފައިވަނީ ސެޕްޓެމްބަރު 24 ގައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އަޕެޑާ) ގެ އެހީތެރިކަމާއެކު، މައިސޫރުގެ ކުންފުންޏެއް ކަމަށްވާ ސިލްކެން ގްލޯބަލް އެކްސްޕޯޓްސް އެންޑް އިމްޕޯޓްސް މެދުވެރިކޮށެވެ. ދަނޑުވެރިންގެ ޖަމްޢިއްޔާއެއް (އެފްޕީއޯ) ގެ ބްރޭންޑެއްގެ ދަށުން ބަންދުކުރެވިފައިވާ މި މުގު ރާއްޖެއަށް ގެންނަނީ ކަނޑުމަގުންނެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސްޕޯޓް ޗެނަލްގެ ސަބަބުން ދަނޑުވެރިންނަށް އެކަށީގެންވާ ރަނގަޅު އަގެއް ލިބިގެންދާނެއެވެ. އެގޮތުން ޢާންމު ބާޒާރުގައި ކިލޯއެއް ގާތްގަނޑަކަށް 60 ރުޕީސްއަށް ވިކޭއިރު، ރާއްޖެއަށް އެކްސްޕޯޓްކުރުމުން ކިލޯއަކަށް 82 ރުޕީސް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ޢާންމު އަގަށްވުރެ 30 އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެކެވެ.

މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިންގެ އުފެއްދުންތެރި ޖަމާޢަތްތަކަށް ބައިނަލްއަޤްވާމީ ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ފެށުނު ޝިޕްމަންޓާއެކު ކުރިއަށް އޮތް ތަނުގައި މެދުކެނޑުމެއްނެތި ރާއްޖެއަށް ގުލްބަރުގާ ތޫރް ދާލް އެކްސްޕޯޓް ކުރުމުގެ މަގު ފަހިވެ، ކަރްނާޓަކާގެ ދަނޑުވެރިންނަށް ދެމެހެއްޓެނިވި މާކެޓެއް ލިބިގެންދާނެއެވެ.

ކަރްނާޓަކާގެ ކަލަބުރަގީ ސަރަޙައްދަށް ޚާއްޞަ މި މުގަށް 2019 ވަނަ އަހަރު ވަނީ ޖީއައި ރަޖިސްޓްރޭޝަން ލިބިފައެވެ. މިއީ އޭގެ ރަހައާއި ފެންވަރުގެ ގޮތުން ފާހަގަކޮށްލެވޭ، އެ ސަރަޙައްދުގެ ދަނޑުވެރިކަމުގެ މުހިންމު އުފެއްދުމެކެވެ.

އަޕެޑާގެ ޗެއާމަން އަބިޝެކް ދޭވް ވިދާޅުވީ، ރާއްޖެއަށް މި މުގު އެކްސްޕޯޓް ކުރަން ފެށުމަކީ ގުލްބަރުގާ ތޫރް ދާލްގެ ބައިނަލްއަޤްވާމީ ނަން ދެމެހެއްޓުމަށާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ޖީއައި ޓެގް ލިބިފައިވާ ޚާއްޞަ އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޔާމީނަށް ދެން ވެރިކަމުގެ ވަސްވެސް ނުދުވާނެ: ފަލާޙް
ޔާމީނަށް ދެން ވެރިކަމުގެ ވަސްވެސް ނުދުވާނެ: ފަލާޙް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ ޤާނޫނާ ޚިލާފު، ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޚަބަރު 26 Sep 2026
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސް މުޢިއްޒު ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސް މުޢިއްޒު ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި
އޯލެވެލް އިމްތިޙާނު ހަދަމުންދާ ދަރިވަރުންނާއި އޭލެވެލް އިމްތިޙާނަށް ތައްޔާރުވަމުންދާ ދަރިވަރުން، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ޚަބަރު 26 Sep 2026
ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ނައިބު ރައީސް ހާމަކުރައްވައިފި
ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ނައިބު ރައީސް ހާމަކުރައްވައިފި
ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް )ޖީޑީއައި( އަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.
ޚަބަރު 26 Sep 2026
ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ.
ޚަބަރު 25 Sep 2026