ޖަޕާނާއެކު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އިސްކަންދޭ: މިނިސްޓަރު އިރުތިޝާމް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 Jul 2026

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކުރުމަށް ސަރުކާރުން ބޭނުންވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޖަޕާނުގެ އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ބިޒްނަސް ވެބިނާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ވެބިނާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި ޖަޕާނަކީ އިތުބާރާއި، އިޙްތިރާމާއި، އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަޙުމަތްތެރިކަމެއް އޮތް ދެ ޤައުމު ކަމަށެވެ. އަދި އުމްރާނީ ތަރައްޤީ، މަސްވެރިކަން، ތިމާވެށި ހިމާޔަތްކުރުން، ކާރިސާތަކުން ރައްކާތެރިވުން އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އަހަރުތަކެއް ވަންދެން ވަރުގަދަކޮށް ދެމެހެއްޓިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިރުތިޝާމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިންވެސްޓްމަންޓް މާހައުލު ބަދަލުވަމުންދާއިރު، ވިޔަފާރިތަކުން ބަލަނީ އިތުބާރު ހުރި ބައިވެރިންނަށާއި ދެމެހެއްޓެނިވި ފުރުޞަތުތައް އޮތް މާކެޓްތަކަށެވެ. އެގޮތުން ރާއްޖެއަކީ އެފަދަ މަންޒިލަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލަކަށް ވީނަމަވެސް، މިހާރު ފަތުރުވެރިކަމުގެ ދާއިރާގެ ބޭރުންވެސް ރާއްޖޭގައި އިންވެސްޓްކުރުމުގެ ބޮޑެތި ފުރުޞަތުތަކެއް އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދު ސިންދަފާތު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، އިންވެސްޓްމަންޓް މާހައުލު ހަރުދަނާކުރުމަށާއި، ޤަވާޢިދުތައް ޒަމާނީކޮށް ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަޕާނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އިޤްތިޞާދުކަން ފާހަގަކުރައްވައި، ޖަޕާނުގެ ކުންފުނިތަކުގެ އާ އީޖާދުތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިކޮށް، ދެ ޤައުމަށްވެސް ފައިދާވާނެ ފަދަ ޕާޓްނަޝިޕްތައް އުފެއްދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ވެބިނާގައި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އޭގެ ތެރޭގައި ބަންކަރިންގް، ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތްތައް، އިއާދަކުރަނިވި ހަކަތަ، މާލީ ޚިދުމަތްތައް، ސިނާޢީ ތަރައްޤީ، ސްޕެޝަލް އިކޮނޮމިކް ޒޯން (SEZ)، ޑިޖިޓަލް ވިޔަފާރި، އީ-ކޮމާސް އަދި ކްރިއޭޓިވް އިކޮނޮމީ ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާއި، ބޭރުގެ އިންވެސްޓަރުންނަށް އެހީތެރިވުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތުވެސް މި ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ އަރުވާފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ތިލަފުށީ ބަނދަރުގެ މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން: އިކޮނަމިކް މިނިސްޓްރީ
ތިލަފުށީ ބަނދަރުގެ މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން: އިކޮނަމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ މިފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ނިންމުމަކީ ހަމައެކަނި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާމެދު ވަކި ގޮތަކަށް ދެކޭ ދެކުމެއް ނުވަތަ ގުޅުމަށް އައި ބަދަލެއް ދައްކުވައިދޭ ކަމެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު 09 Sep 2026
އެލްނީނިއޯގެ އަސަރު ގަދަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
އެލްނީނިއޯގެ އަސަރު ގަދަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ "އެލްނީނިއޯ" ކޮޅިގަނޑު އިތުރަށް ބާރުގަދަވަމުން އަންނާތީ، ރާއްޖޭގެ އެކި ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
ޚަބަރު 09 Sep 2026
23 އަހަރުވީ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގައި ޢަމަލުކުރި ގޮތް ބަލަން ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި
23 އަހަރުވީ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގައި ޢަމަލުކުރި ގޮތް ބަލަން ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި
ގާތްގަނޑަކަށް 23 އަހަރު ވެފައިވާ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްގައި އެއްވެސް އުސޫލަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެ މައްސަލަ އަމިއްލައަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ޚަބަރު 09 Sep 2026
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026