ޕީއެންއެފުން އީސީއަށް ކުރާ ތުހުމަތުތައް ދޮގުކޮށް ކުށްވެރިކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Sep 2026

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އާ މެދު ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އެކަން އެ ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ޢާންމުންނާއި ޕާޓީތަކުން އެންމެ ބޮޑަށް ކުރަމުން އައި ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލައެވެ.

އެހެންނަމަވެސް، މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ގެނައުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކާ މަޝްވަރާކޮށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އީސީން ބުނެފައިވެއެވެ. ޚާއްޞަކޮށް، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް "އީ-ފާސް" ތަޢާރަފްކުރެވުމާއެކު، މިއަދު އެ ނިޒާމު ވެފައިވަނީ އާންމުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އީސީން ހާމަކުރި ގޮތުގައި، މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ޕާޓީއަކަށް ވަނުމާއި، ޕާޓީން ވަކިވުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން މިއީ ހަމައެކަނި އެ ފަރުދަކާއި އެ ޕާޓީއަކާ ދެމެދު ހިނގާ މުޢާމަލާތެއް ކަމަށާއި، މި ނިޒާމުގެ ތެރެއިން އެއްވެސް މީހަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އީސީއަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

ނަމަވެސް، މި ޙަޤީޤަތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަށް ޕީއެންއެފް އިން މަސައްކަތް ކުރަމުންދާ ކަމަށް އީސީން ވަނީ ތުހުމަތުކޮށްފައެވެ.

އެހެންކަމުން، ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަޞޭޙަތްތެރިވެ އިލްތިމާސްކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވުޒާރާއިން ބުނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ޓީ-ބިލް ދެއްކި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ޚަބަރު 18 Sep 2026
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ހިޔާ އަވަށުގެ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޚަބަރު 18 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
އެ ޕާޓީގެ މަތީ މަޖިލީހުގެ ނިންމުމުގެ ޖަލްސާގައި މި ޓިކެޓް ރައީސަށް އަރުވާފައިވަނީ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
ޚަބަރު 18 Sep 2026
މާލޭގެ ތޮށިގަނޑު ހިލަގާތަކުގެ ތެރެއަށް ވެއްޓި ތާށިވި މީހަކު ސަލާމަތްކޮށްފި
މާލޭގެ ތޮށިގަނޑު ހިލަގާތަކުގެ ތެރެއަށް ވެއްޓި ތާށިވި މީހަކު ސަލާމަތްކޮށްފި
މާލޭގެ އިރުމަތީ ފަރާތް، ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރެއަށް މީހަކު ވެއްޓި ތާށިވެފައި ވަނިކޮށް، ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ޚަބަރު 18 Sep 2026