ސިނަމާލެ ބްރިޖް / ފޮޓޯ: އަޓޯލް ޓައިމްސް
ސިނަމާލެ ބްރިޖް / ފޮޓޯ: އަޓޯލް ޓައިމްސް

މާލޭގެ ތޮށިގަނޑު ހިލަގާތަކުގެ ތެރެއަށް ވެއްޓި ތާށިވި މީހަކު ސަލާމަތްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Sep 2026

މާލޭގެ އިރުމަތީ ފަރާތް، ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރެއަށް މީހަކު ވެއްޓި ތާށިވެފައި ވަނިކޮށް، ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 18 ވީ ބުދަ ދުވަހުގެ ހަވީރު 17:16 އެހާކަންހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހިލަގާތަކުގެ ތެރޭގައި ތާށިވެފައި ވަނިކޮށް ސަލާމަތްކޮށްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ސަލާމަތްކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، އެމީހާ ހިލަގާތަކުގެ ތެރެއިން ނެރެ، މިހާރު ވަނީ ފަރުވާއަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ލިބޭ ގޮތުގައި، އެ މީހާއަކީ ރޭގަނޑު މަސްބާނަން ގޮސް އުޅުނު މީހެކެވެ. އޭނާ ވެއްޓިފައިވަނީ އުސްފަސްގަނޑާ ދިމާ ބޭރު ތޮށިގަނޑުމަތިން ބަޖިޔާ ގާތަކުގެ ތެރެއަށެވެ. ގާތަކުގެ ތެރޭގައި އޭނާ ތާށިވެފައި އޮއްވައި ފެނުނީ، މިއަދު ހަވީރުގެ ވަގުތެއްގައި އެ ސަރަހައްދުން ދިޔަ މީހަކަށް އޭނާ ހަޅޭއްލަވައި އެހީއަށް އެދި ހަޅޭއްލެވި އަޑު އިވިގެން ބެލުމުގެ ތެރޭގައެވެ.

މި ހާދިސާގައި އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ ލީޑަރޝިޕް މަގާމުތަކަށް އިންތިޚާބުވި އަދި އައްޔަންކުރި ބޭފުޅުން ހުވާކުރައްވައިފި
ޕީއެންސީގެ ލީޑަރޝިޕް މަގާމުތަކަށް އިންތިޚާބުވި އަދި އައްޔަންކުރި ބޭފުޅުން ހުވާކުރައްވައިފި
އަލަށް މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ހުވާކުރެއްވުން އޮތީ ޕީއެންސީ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ޚަބަރު 18 Sep 2026
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވުޒާރާއިން ބުނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ޓީ-ބިލް ދެއްކި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ޚަބަރު 18 Sep 2026
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ހިޔާ އަވަށުގެ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޚަބަރު 18 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
އެ ޕާޓީގެ މަތީ މަޖިލީހުގެ ނިންމުމުގެ ޖަލްސާގައި މި ޓިކެޓް ރައީސަށް އަރުވާފައިވަނީ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
ޚަބަރު 18 Sep 2026