ޕީއެންސީގެ ލީޑަރޝިޕް މަގާމުތަކަށް އިންތިޚާބުވި އަދި އައްޔަންކުރި ބޭފުޅުން ހުވާކުރައްވައިފި

ހ ހަޅަ
ޚަބަރު 18 Sep 2026

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެކި މަގާމުތަކަށް އިންތިޚާބުވި މެންބަރުންނާއި، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލީޑަރޝިޕްގެ މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން މަގާމުގެ ހުވާކުރައްވައިފިއެވެ.

އަލަށް މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ހުވާކުރެއްވުން އޮތީ ޕީއެންސީ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގެ މެންބަރުންނާއި، ވަޒީރުންގެ ފެންވަރުގައި ޕާޓީގެ އިސް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން އަދި ސީއީއޯއިންގެ ތެރެއިން އައްޔަންކުރެއްވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުން ވެސް ވަނީ ހުވާކުރައްވާފައެވެ.

ޕީއެންސީގެ އިސް ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ސީނިއަރ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާޙެވެ. މީގެއިތުރުން ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ އާދަމާއި، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ލަމްޢާން އަދި ޚަޒާންދާރު ޙުސައިން ފަހުމީ ވެސް ހިމެނިވަޑައިގަންނަވައެވެ.

ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ހޮވިވަޑައިގެންނެވި 6 ބޭފުޅުންނަކީ ވަޒީރު ޢަބްދުﷲ ރާފިޢު، ވަޒީރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ވަޒީރު މުޙައްމަދު ސަޢީދު އަދި ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފެވެ.

ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ މަގާމުތަކުން އައްޔަންކުރެއްވި 7 ބޭފުޅުންނަކީ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު، ވަޒީރު މުޙައްމަދު އަމީން، ވަޒީރު ޢަލީ ޖީލާ، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް މުޙައްމަދު ޠޮލާލް އަދި ޤަޠަރުގައި ހުންނަވާ ސަފީރު އާދަމް ޝަރީފް ޢުމަރެވެ. ކުންފުނިތަކުގެ އިސްވެރިންގެ ތެރެއިން އައްޔަންކުރެއްވީ ޢަބްދުއްރައްޒާޤު ޙަލީމް، ޢަލީ ޒުހައިރު އަދި ހަމްދާން ޝަކީލެވެ. މީގެ އިތުރުން އަންހެނުންނާއި ޒުވާނުންގެ ގޮފީގެ އިސް ބޭފުޅުންނާއި ސްޓިއަރިންގ ކޮމިޓީތަކަށް ހޮވުނު ފަރާތްތަކުން ވެސް މި ޖަލްސާގައި ހުވާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދީނީ އަގުތަކާއި ގައުމިއްޔަތު ދިފާއުކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި
ދީނީ އަގުތަކާއި ގައުމިއްޔަތު ދިފާއުކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި
ގައުމުގެ ކަންކަން އިޚްލާސްތެރިކަމާއެކު ކުރިއަށްގެންދާއިރު އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 18 Sep 2026
ޕީއެންސީގެ އައު ރަސްމީ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިފްތިތާޙުކޮށްދެއްވައިފި
ޕީއެންސީގެ އައު ރަސްމީ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިފްތިތާޙުކޮށްދެއްވައިފި
ޕީއެންސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި އައު ވެބްސައިޓަކީ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ އަދި އެންމެ ފަހުގެ ޑިޖިޓަލް ވަސީލަތްތަކާއި ޚިދުމަތްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.
ޚަބަރު 18 Sep 2026
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވުޒާރާއިން ބުނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ޓީ-ބިލް ދެއްކި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ޚަބަރު 18 Sep 2026
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ހިޔާ އަވަށުގެ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޚަބަރު 18 Sep 2026