ހިޔާ ފްލެޓް ހުޅުމާލެ
ހިޔާ ފްލެޓް ހުޅުމާލެ

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Sep 2026

ހުޅުމާލޭގެ ހިޔާ އަވަށުގެ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެންބަރު 18 ވަނަ ދުވަހުއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މި ދެ މީހުން ބަދުއަހުލާގީ އަމަލު ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިއުމާއި ކަންބޮޑުވުން މި މައްސަލައަށް ވަނީ އަމާޒުވެފައެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.

ދިވެހި މުޖުތަމައުގެ އަދަބު އަޚްލާގާއި އިސްލާމީ ރީތި އުސޫލުތަކާ ޚިލާފު މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދީނީ އަގުތަކާއި ގައުމިއްޔަތު ދިފާއުކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި
ދީނީ އަގުތަކާއި ގައުމިއްޔަތު ދިފާއުކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި
ގައުމުގެ ކަންކަން އިޚްލާސްތެރިކަމާއެކު ކުރިއަށްގެންދާއިރު އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 18 Sep 2026
ޕީއެންސީގެ އައު ރަސްމީ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިފްތިތާޙުކޮށްދެއްވައިފި
ޕީއެންސީގެ އައު ރަސްމީ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިފްތިތާޙުކޮށްދެއްވައިފި
ޕީއެންސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި އައު ވެބްސައިޓަކީ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ އަދި އެންމެ ފަހުގެ ޑިޖިޓަލް ވަސީލަތްތަކާއި ޚިދުމަތްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.
ޚަބަރު 18 Sep 2026
ޕީއެންސީގެ ލީޑަރޝިޕް މަގާމުތަކަށް އިންތިޚާބުވި އަދި އައްޔަންކުރި ބޭފުޅުން ހުވާކުރައްވައިފި
ޕީއެންސީގެ ލީޑަރޝިޕް މަގާމުތަކަށް އިންތިޚާބުވި އަދި އައްޔަންކުރި ބޭފުޅުން ހުވާކުރައްވައިފި
އަލަށް މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ހުވާކުރެއްވުން އޮތީ ޕީއެންސީ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ޚަބަރު 18 Sep 2026
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވުޒާރާއިން ބުނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ޓީ-ބިލް ދެއްކި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ޚަބަރު 18 Sep 2026