އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 06 Sep 2026

ބްރޯޑްކާސްޓް ކުރުމުގައްޔާއި ޚަބަރާއި މައުލޫމާތު ފެތުރުމުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި، ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުރިހާ މީޑިއާތަކަށާއި ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑާއި، އަމަލުކުރަންޖެހޭ ބްރޯޑްކާސްޓް ކުރުމުގެ މިންގަނޑުތަކުގެ ދަށުން، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަވިއުތަކާއި ރެކޯޑިންގތައް އަދި މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން މުހިންމު ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުއާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީވެސް، އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެެއް ނެތް ފަރާތެއްކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ފޯނު މުއާމަލާތެއް ވަގުތުން ލައިވް ކުރަން ގަސްދު ކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ލައިވް ކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ކުރިން ސާފުކޮށް އަންގަންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ކޮންމެ މުއާމަލާތެއްގައިވެސް ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ އިތުރުން އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ފުރިހަމައަށް ބޯލަނބަންވާނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމީހަކަށް ނޭނގި ނުވަތަ އެކަށީގެންވާ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންގތަކާއި މައުލޫމާތުތައް ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި މިފަދަ ތަކެތި ބޭނުންކުރަންވާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ނޫސްވެރިންގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަނި ކަމަށްވެސް ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.

މީޑިއާ ކޮމިޝަނުގެ ބަޔާން ނިންމާލަމުން ވަނީ، ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓް ކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި ހައްގުތައް ރައްކާތެރި ކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮފީސްތަކުގައި ރޯވި މައްސަލައިގައި ޔާމީން ދެއްކެވި ވާހަކަފުޅުތައް ބަލަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި
އޮފީސްތަކުގައި ރޯވި މައްސަލައިގައި ޔާމީން ދެއްކެވި ވާހަކަފުޅުތައް ބަލަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނުގެ ކިބައިން މަޢުލޫމާތު ސާފުކުރުމަށް ފުލުހުންގެ ކިބައިން އަދި ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތު ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގައި އެދިވަޑައިގެންފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޚަބަރު 06 Sep 2026
ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޚަބަރު 06 Sep 2026
ރައީސުލްޖުމްހޫރިއްޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޚަބަރު 06 Sep 2026
ހއ. ހޯރަފުށީގައި 6 ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފި
ހއ. ހޯރަފުށީގައި 6 ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފި
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، ހއ. ހޯރަފުށީގެ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
ޚަބަރު 06 Sep 2026