ރައީސުލްޖުމްހޫރިއްޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 06 Sep 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެމަނިކުފާނު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ ގުޅިގެންނެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައި، އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2014 އިން 2019 އަށް އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމު އެމަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް ފުރުއްވާފައެވެ. މީގެއިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރސް ފަދަ ސަރުކާރުގެ މުހިންމު އިސް މަޤާމުތަކެއްވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.

މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮފީސްތަކުގައި ރޯވި މައްސަލައިގައި ޔާމީން ދެއްކެވި ވާހަކަފުޅުތައް ބަލަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި
އޮފީސްތަކުގައި ރޯވި މައްސަލައިގައި ޔާމީން ދެއްކެވި ވާހަކަފުޅުތައް ބަލަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނުގެ ކިބައިން މަޢުލޫމާތު ސާފުކުރުމަށް ފުލުހުންގެ ކިބައިން އަދި ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތު ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގައި އެދިވަޑައިގެންފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޚަބަރު 06 Sep 2026
ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޚަބަރު 06 Sep 2026
ހއ. ހޯރަފުށީގައި 6 ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފި
ހއ. ހޯރަފުށީގައި 6 ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފި
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، ހއ. ހޯރަފުށީގެ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
ޚަބަރު 06 Sep 2026
އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފި
އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފި
ބްރޯޑްކާސްޓް ކުރުމުގައްޔާއި ޚަބަރާއި މައުލޫމާތު ފެތުރުމުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި، ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުރިހާ މީޑިއާތަކަށާއި ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.
ޚަބަރު 06 Sep 2026