ހއ. ހޯރަފުށި
ހއ. ހޯރަފުށި

ހއ. ހޯރަފުށީގައި 6 ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 06 Sep 2026

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، ހއ. ހޯރަފުށީގެ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.

ހޯރަފުށީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މި މަޝްރޫޢުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ބިމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެ ރަށުގައި ފަތުރުވެރިކަން ފުޅާކޮށް، ލޯކަލް ޓޫރިޒަމްގެ ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮކްޓޫބަރު 1 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ރަޖިސްޓްރީވެ، ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނަން ޖެހެއެވެ. ރަޖިސްޓްރީވުމަށްޓަކައި ޚާއްޞަ ގޫގުލް ފޯމެއް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢު ހިންގުމަށް ބޭނުންވާ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަންތައް ހުށަހެޅުން އޮންނާނީ 2026 އޮކްޓޫބަރު 12 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ހޯރަފުށީ ކައުންސިލްގެ އީމެއިލް procurement@hoarafushi.gov.mv މެދުވެރިކޮށް މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލުން އެދެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮފީސްތަކުގައި ރޯވި މައްސަލައިގައި ޔާމީން ދެއްކެވި ވާހަކަފުޅުތައް ބަލަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި
އޮފީސްތަކުގައި ރޯވި މައްސަލައިގައި ޔާމީން ދެއްކެވި ވާހަކަފުޅުތައް ބަލަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނުގެ ކިބައިން މަޢުލޫމާތު ސާފުކުރުމަށް ފުލުހުންގެ ކިބައިން އަދި ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތު ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގައި އެދިވަޑައިގެންފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޚަބަރު 06 Sep 2026
ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޚަބަރު 06 Sep 2026
ރައީސުލްޖުމްހޫރިއްޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޚަބަރު 06 Sep 2026
އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފި
އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފި
ބްރޯޑްކާސްޓް ކުރުމުގައްޔާއި ޚަބަރާއި މައުލޫމާތު ފެތުރުމުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި، ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުރިހާ މީޑިއާތަކަށާއި ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.
ޚަބަރު 06 Sep 2026