އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލްއިން ގާއިމްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Sep 2026

ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ އައު ރެކޯޑެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފިއެވެ.

ނިވަ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކުރިއަށްދިޔަ މި ހާއްސަ ހަރަކާތުގައި ޖުމްލަ 314 މީހުން އަމަލީގޮތުން ބައިވެރިވެ، މޫދަށް އެރި ސްނޯކްލިންގް ހަދާފައިވެއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ އަޒުމުގައި އެންމެން ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

ބީއެމްއެލްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދު ބަރޯސާވެފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ. އަދި މިފަދަ ގައުމީ މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޖުތަމައު އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމެވެ. މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންވެސް ވަނީ ފޯރިއާއެކު ބައިވެރިވެފައެވެ.

މި ހަރަކާތް ނިމުމުން، ކަނޑައެޅިފައިވާ މިންގަނޑުތައް ކަށަވަރުކުރުމަށްފަހު، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ވަނީ ބޭންކާ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މޯޓެން ޖޫނިއަރއެވެ.

މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "އީއެންވީ ޕީއޯއެސް" (ENV POS) ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވައިލާފައިވާ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ބީއެމްއެލް އިން އަންނަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން، ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި ޝަރަފުވެރި ކާމިޔާބީން ދައްކުވައިދެނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޖުތަމައުގެ ލާބައަށް ބީއެމްއެލް އިން ދޭ ޚާއްސަ އަހުމިއްޔަތުކަމެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްވެސްމެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ފެނަކައާއި އާރުޑީސީ އުވާލައި، ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ އިތުރުކުރަން ނިންމައިފި
ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ފެނަކައާއި އާރުޑީސީ އުވާލައި، ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ އިތުރުކުރަން ނިންމައިފި
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލައްވައި، ކުންފުނިތަކުގައި އޮތް ސަރުކާރުގެ ހިއްސާ އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޚަބަރު 07 Sep 2026
މުއްސަނދިންނަށް އާސަންދަ ހިލޭ ދިނުން ހުއްޓާލަނީ؛ މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އަންނަ މަހުން ފެށިގެން ބަދަލުތަކެއް!
މުއްސަނދިންނަށް އާސަންދަ ހިލޭ ދިނުން ހުއްޓާލަނީ؛ މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އަންނަ މަހުން ފެށިގެން ބަދަލުތަކެއް!
ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދައިގެ ހިދުމަތް މުޅިން ހިލޭ ނުލިބޭ ގޮތަށް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 07 Sep 2026
ޗީފް ސްޕޯކްސްޕާސަން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ "ދައުރު" ނޫހުން ޝާއިއުކުރި ޚަބަރު ސަރުކާރުން ދޮގުކޮށްފި
ޗީފް ސްޕޯކްސްޕާސަން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ "ދައުރު" ނޫހުން ޝާއިއުކުރި ޚަބަރު ސަރުކާރުން ދޮގުކޮށްފި
ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ބުނެ "ދައުރު" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޚަބަރު 07 Sep 2026
އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައިޓީއެފްސީގެ ސީއީއޯއާ މަޝްވަރާކުރައްވައިފި
އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައިޓީއެފްސީގެ ސީއީއޯއާ މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބު ޔޫސުފް އަލް-އާމާއާ އެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.
ޚަބަރު 07 Sep 2026