ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ފެނަކައާއި އާރުޑީސީ އުވާލައި، ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ އިތުރުކުރަން ނިންމައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Sep 2026

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލައްވައި، ކުންފުނިތަކުގައި އޮތް ސަރުކާރުގެ ހިއްސާ އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި މުހިންމު ނިންމެވުންތައް އެމަނިކުފާނު އިޢުލާންކުރެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން، ސަރުކާރުގެ ބޮޑު ދެ ކުންފުންޏެއް އުވާލެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުވާލައްވައި، އެ ކުންފުނިން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އުވާލައްވައި، އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ބަދަލުތަކާއެކު ކުންފުނިތަކުން މުވައްޒަފުން މަދުކުރައްވައި، ކުންފުނިތައް ރަނގަޅު ސައިޒަކަށް ކުޑަކުރެވި، އިސްރާފުވެގެންދާ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސަރުކާރަށް މެޖޯރިޓީ ހިއްސާ ހޯދުމަށާއި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ ބޭރު ފަރާތަކަށް ވިއްކާލާފައިވާ ހިއްސާ އަލުން ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަންވެސް ރައީސް މިއަދު އިޢުލާންކުރެއްވިއެވެ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމެވި މި ނިންމެވުމުގެ ދަށުން، ކުރިން ދޫކޮށްލާފައިވާ ދިރާގުގެ މެޖޯރިޓީ ހިއްސާ އަލުން ސަރުކާރަށް ނަގައި، އެ ކުންފުންޏަކީ ސަރުކާރުގެ 51 އިންސައްތަ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އަކީ ސައްތަ އިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މި ބަދަލުތަކާއެކު ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް މިއަދާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ކުންފުނިތައް ހިންގުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މުއްސަނދިންނަށް އާސަންދަ ހިލޭ ދިނުން ހުއްޓާލަނީ؛ މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އަންނަ މަހުން ފެށިގެން ބަދަލުތަކެއް!
މުއްސަނދިންނަށް އާސަންދަ ހިލޭ ދިނުން ހުއްޓާލަނީ؛ މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އަންނަ މަހުން ފެށިގެން ބަދަލުތަކެއް!
ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދައިގެ ހިދުމަތް މުޅިން ހިލޭ ނުލިބޭ ގޮތަށް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 07 Sep 2026
އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލްއިން ގާއިމްކޮށްފި
އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލްއިން ގާއިމްކޮށްފި
ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ އައު ރެކޯޑެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފިއެވެ.
ޚަބަރު 07 Sep 2026
ޗީފް ސްޕޯކްސްޕާސަން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ "ދައުރު" ނޫހުން ޝާއިއުކުރި ޚަބަރު ސަރުކާރުން ދޮގުކޮށްފި
ޗީފް ސްޕޯކްސްޕާސަން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ "ދައުރު" ނޫހުން ޝާއިއުކުރި ޚަބަރު ސަރުކާރުން ދޮގުކޮށްފި
ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ބުނެ "ދައުރު" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޚަބަރު 07 Sep 2026
އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައިޓީއެފްސީގެ ސީއީއޯއާ މަޝްވަރާކުރައްވައިފި
އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައިޓީއެފްސީގެ ސީއީއޯއާ މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބު ޔޫސުފް އަލް-އާމާއާ އެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.
ޚަބަރު 07 Sep 2026