ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން ނިމުމަކަށް: ހުރިހާ ރަށަކަށް ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 02 Aug 2026

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީ.އެސް.އެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި މާލެ ސަރަޙައްދަށް ތަރައްޤީ މަރުކަޒު ކުރުމުގެ ބަދަލުގައި، ލާމަރުކަޒީ އުޞޫލުން ހުރިހާ ރަށަކަށް ތަރައްޤީ ފޯރުކޮށްދިނުމެވެ. މިގޮތުން، މިހާތަނަށް ހިނގަމުންދާ މަޝްރޫޢުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢެއް ވަނީ ނިންމާފައެވެ. މިއީ މީގެ ކުރީގެ އެމް.ޑީ.ޕީ ސަރުކާރުން އެ މުއްދަތުގައި ނިންމި 285 މަޝްރޫޢާއި، އޭގެ ކުރީ ސަރުކާރުން ނިންމި 321 މަޝްރޫޢާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މިހާރުވެސް 1,635 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދަނީ ވަރަށް ބޮޑަށް ރޭވިފައިވާ "ރޯޑްމެޕް" އެއްގެ ދަށުންކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކޭޝް ފްލޯ މެނޭޖްކުރުމާއި، ބަޖެޓް ކަނޑައެޅުމާއި، ލޯނުތައް އަދާކުރުމުގެ ކަންކަން ތަރުތީބު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޖުތިމާޢީ ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމަކީ މީގެ ކުރިން ދުވަހަކުވެސް ހާސިލުކުރެވިފައި ނުވާ ކަމެއް ކަމަށެވެ. އަދި 26 ޖުލައި 2028 ގެ މާ ކުރިން ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތަކާއި ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޕްލޭންގެ ފުރަތަމަ ޑްރާފްޓް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހު މި ޕްލޭން އާންމުކުރުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. ސަރުކާރުގެ އަމާޒަކީ މެނިފެސްޓޯގައިވާ ކަންކަން ތަންފީޛުކޮށް، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ މުޅި އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ.
ޚަބަރު 20 Sep 2026
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ޚަބަރު 20 Sep 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް އޭސީ ޔުނިޓްތަކެއް ގަތް މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޖުނައިދާއި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
ޚަބަރު 20 Sep 2026
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ފައިސާއެއް ނުވަތަ ޑޮލަރެއް ދޫކޮށްފައި ނުވާނެ ކަމަށާއި، މި މުއާމަލާތާ ގުޅިގެން ބޭންކުގެ މާލީ ހާލަތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ޚަބަރު 20 Sep 2026