އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 20 Sep 2026

މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ މުޅި އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ވަނީ 32.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިފައެވެ. މުޅި އަހަރު ދުވަހަށް ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.2 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ލިބުނު ހިލޭ އެހީގެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވެސް ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 16.4 މިލިއަން ޑޮލަރެވެ.

ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 1.86 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 6.2 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީއަށް 109.6 މިލިއަން ޑޮލަރު އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސް އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 1.34 ބިލިއަން ޑޮލަރުން 1.45 ބިލިއަން ޑޮލަރަށް (8.5 އިންސައްތަ) އިތުރުވެފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ހަރަދުތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުމްލަ ހަރަދު ވަނީ 2 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 1.71 ބިލިއަން ޑޮލަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް ހަރަދު 1.48 ބިލިއަން ޑޮލަރުން 1.75 ބިލިއަން ޑޮލަރަށް (18.6 އިންސައްތަ) މައްޗަށް ގޮސްފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 235.4 މިލިއަން ޑޮލަރުން 251.6 މިލިއަން ޑޮލަރަށް (6.9 އިންސައްތަ) އިތުރުވެފައެވެ.

މި މުއްދަތުގައި ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، ހަރަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެ، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 82.4 މިލިއަން ޑޮލަރު ވަނީ ރެކޯޑުކުރެވިފައެވެ. ނަމަވެސް، މިއީ ވޭތުވެދިޔަ އަހަރު ރެކޯޑުކުރެވުނު 262.0 މިލިއަން ޑޮލަރުގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު 68.6 އިންސައްތަ ދަށް އަދަދެކެވެ.

މީގެ އިތުރުން، ދަރަންޏާއި އިންޓްރެސްޓް ހިމަނައިގެން ބަޖެޓުގެ ޖުމްލަ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ވަނީ 138.1 މިލިއަން ޑޮލަރުގެ ޑެފިސިޓެއް ރެކޯޑުކުރެވިފައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓުގައި ރެކޯޑުކުރެވިފައިވަނީ 42.7 މިލިއަން ޑޮލަރުގެ ސާޕްލަސްއެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ޚަބަރު 20 Sep 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް އޭސީ ޔުނިޓްތަކެއް ގަތް މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޖުނައިދާއި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
ޚަބަރު 20 Sep 2026
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ފައިސާއެއް ނުވަތަ ޑޮލަރެއް ދޫކޮށްފައި ނުވާނެ ކަމަށާއި، މި މުއާމަލާތާ ގުޅިގެން ބޭންކުގެ މާލީ ހާލަތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ޚަބަރު 20 Sep 2026
ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން ފަސްކޮށް، ޤަރާރަށް ބަދަލުތަކެއް ގެނެސްފި
ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން ފަސްކޮށް، ޤަރާރަށް ބަދަލުތަކެއް ގެނެސްފި
ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު އިޞްލާޙުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތައް ގެންނަވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ.
ޚަބަރު 19 Sep 2026