ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 20 Sep 2026

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ފައިސާއެއް ނުވަތަ ޑޮލަރެއް ދޫކޮށްފައި ނުވާނެ ކަމަށާއި، މި މުއާމަލާތާ ގުޅިގެން ބޭންކުގެ މާލީ ހާލަތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.

ބީއެމްއެލް އިން މިކަން ހާމަކޮށްފައިވަނީ، ސަރުކާރުން އެސްބީއައި އަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލް އިން ލިކުއިޑިޓީ ފޯރުކޮށްދިން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ. ބޭންކުން ބުނެފައިވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް މައުލޫމާތެއް ކަމަށާއި، ސަރުކާރުން މި ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2026 ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީ އެއްކޮށް ޚަލާޞްކުރުމަށް ދެއްކި ފައިސާއެވެ. އަދި މި ފައިސާ ދެއްކުމަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބޭންކުން ޔަގީންކަން ދެއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ މުއައްސަސާއެއް ކަމަށެވެ. އަދި ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން މެދުނުކެނޑި ބަލަމުންދާއިރު، ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ މުޅި މާލީ ނިޒާމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމަކަށްވާތީ، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމުގެ މުހިންމުކަން ބީއެމްއެލް އިން ފާހަގަކުރިއެވެ. ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ ކަސްޓަމަރުންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް ބޭންކުން ބުނެފައިވެއެވެ.

އެހެންކަމުން، ބޭންކުގެ މާލީ ހާލަތާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކެވުމުގެ ނުވަތަ ޝާއިއުކުރުމުގެ ކުރިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ސިޔާސީ ބޭފުޅުންނަށާއި މީޑިއާތަކަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭންކުގެ އަގުވައްޓާލަން ދޮގު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ލިބިގެންވާކަން ފާހަގަކުރަމުން، ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ބޭންކުން ބުނެފައިވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ މުޅި އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ.
ޚަބަރު 20 Sep 2026
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ޚަބަރު 20 Sep 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް އޭސީ ޔުނިޓްތަކެއް ގަތް މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޖުނައިދާއި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
ޚަބަރު 20 Sep 2026
ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން ފަސްކޮށް، ޤަރާރަށް ބަދަލުތަކެއް ގެނެސްފި
ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން ފަސްކޮށް، ޤަރާރަށް ބަދަލުތަކެއް ގެނެސްފި
ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު އިޞްލާޙުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތައް ގެންނަވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ.
ޚަބަރު 19 Sep 2026