ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ކ) އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ކ) އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް / ފޮޓޯ: ރައީސް އޮފީސް

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް: ރައީސް ޑރ. މުޢިއްޒު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Sep 2026

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި ހުޅުވިގެންދިޔަ އައު ބާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން މަރުޙަބާ ދެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ބައްދަލުވުންތަކުގެ ސަބަބުން މުސްތަޤްބަލުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަރުގަދަ ބިންގަލެއް އެޅިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ތަޢުލީމު، ޞިއްޙަތު، ފަތުރުވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ، އިސްލާމީ ކަންކަން އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ކުރު މުއްދަތުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމާމެދު ވިސްނަވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ނިންމެވި ނިންމެވުމަށް ރައީސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިޔާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާތީ އެކަމަށްވެސް ރައީސް މަރުޙަބާ ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޕީއެންސީގެ ޤައުމީ މަހާސިންތާއާ ދިމާކޮށް މެލޭޝިޔާގެ ބޮޑުވަޒީރު ފޮނުއްވެވި ތާއީދާއި ހިތްވަރުގެ މެސެޖަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް އަޚުވަންތަ ގުޅުން ކުރިމަގުގައި އައު އުސްމިންތަކަކަށް ވާސިލްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، ދެ ޤައުމުގެ ގުޅުން އަހަރުން އަހަރަށް އިތުރަށް ބަދަހިވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ ލީޑަރޝިޕް މަގާމުތަކަށް އިންތިޚާބުވި އަދި އައްޔަންކުރި ބޭފުޅުން ހުވާކުރައްވައިފި
ޕީއެންސީގެ ލީޑަރޝިޕް މަގާމުތަކަށް އިންތިޚާބުވި އަދި އައްޔަންކުރި ބޭފުޅުން ހުވާކުރައްވައިފި
އަލަށް މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ހުވާކުރެއްވުން އޮތީ ޕީއެންސީ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ޚަބަރު 18 Sep 2026
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވުޒާރާއިން ބުނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ޓީ-ބިލް ދެއްކި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ޚަބަރު 18 Sep 2026
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ހިޔާ އަވަށުގެ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޚަބަރު 18 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
އެ ޕާޓީގެ މަތީ މަޖިލީހުގެ ނިންމުމުގެ ޖަލްސާގައި މި ޓިކެޓް ރައީސަށް އަރުވާފައިވަނީ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
ޚަބަރު 18 Sep 2026