މައިންނާއި ކުޑަކުދިންގެ ދުޅަހެޔޮކަމަށް ފާއިތުވި ދެ އަހަރުތެރޭ ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެ: ފަސްޓް ލޭޑީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 02 Aug 2026

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މައިންނާއި ކުޑަކުދިންގެ ސިއްހީ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދުނިޔޭގެ ގާތުންދިނުމުގެ ހަފުތާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، ދަރިންނަށް ގާތުން ކިރުދިނުމަށްޓަކައި މައިން ކުރާ ގުރުބާނީއަކީ މައިވަންތަ ލޯބީގެ އެންމެ މަތިވެރި ރަމްޒު ކަމަށެވެ. ގާތުން ކިރުދިނުމުގެ ސަބަބުން ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަވެ، މަންމައާއި ދަރިފުޅުގެ ގުޅުން ބަދަހިވެ، މުޅި އުމުރަށް ދެމިގެންދާނެ ސިއްހީ ދުޅަހެޔޮކަމުގެ ބިންގާ އެޅިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މައިންނަށް ދެމުންދާ އެހީތެރިކަމަށް އަލިއަޅުވާލައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ވަޒީފާ އަދާކުރާ މައިންނަށް ދޭ "ނާސިންގ ބްރޭކް" ނުވަތަ ކިރުދޭ ވަގުތު އެއް އަހަރުން ދެ އަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މެޓަރނިޓީ ލީވް ނުވަތަ ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ހަރުދަނާކޮށް، މައިންނާއި ކުދިންގެ ސިއްހީ ރައްކާތެރިކަން ފުޅާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީފާގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން، ވިހެއުމަށްފަހު ވަޒީފާއަށް ނުކުންނަ މައިންނަށް ދަރިފުޅަށް ކިރުދިނުމަށްޓަކައި މަސައްކަތު ކޮންމެ ދުވަހަކު 30 މިނެޓުގެ ދެ ވަގުތު (އުޖޫރަ ލިބޭ ގޮތަށް) ލިބިދެއެވެ. މީގެ ކުރިން އެއް އަހަރު ދުވަހަށް އޮތް މި ފުރުސަތު، މިއަހަރުގެ މާރިޗު މަހުގެ މެދުތެރޭގައި ގެނައި އިސްލާހާއެކު ވަނީ ދެ އަހަރަށް އިތުރުކޮށްފައެވެ. އަދި ގާނޫނުގައިވާ ގޮތުން ކޮންމެ މަންމައަކަށްވެސް ވިހެއުމާ ގުޅިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބިދެއެވެ.

މި އަހަރުގެ ގާތުންދިނުމުގެ ހަފުތާގެ ޝިއާރަކީ "ގާތުންދިނުމަށް އިސްކަންދީ: ދެމެހެއްޓެނިވި އެހީތެރިކަމުގެ ނިޒާމެއް ގާއިމުކުރަމާ" މިއެވެ. މި ޝިއާރާ އެއްގޮތަށް، މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާއާއި، ވަޒީފާދޭ ފަރާތްތަކާއި މުޅި މުޖުތަމައުގެ ޒިންމާއެއްކަން ފަސްޓް ލޭޑީ ހަނދާންކޮށްދެއްވިއެވެ. އަދި ސަރުކާރުން ފަހިކޮށްދީފައިވާ ހައްގުތަކާއި ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ހުރިހާ މައިންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާ ފާހަގަކުރަނީ ދުނިޔޭގެ ގާތުންދިނުމުގެ ހަފުތާގެ ގޮތުގައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ މުޅި އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ.
ޚަބަރު 20 Sep 2026
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ޚަބަރު 20 Sep 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް އޭސީ ޔުނިޓްތަކެއް ގަތް މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޖުނައިދާއި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
ޚަބަރު 20 Sep 2026
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ފައިސާއެއް ނުވަތަ ޑޮލަރެއް ދޫކޮށްފައި ނުވާނެ ކަމަށާއި، މި މުއާމަލާތާ ގުޅިގެން ބޭންކުގެ މާލީ ހާލަތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ޚަބަރު 20 Sep 2026