މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު

ދަރަނި ދެއްކުމާއި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއްގެ ޓިކެޓް އެރުވުމަކީ ލިބުނު ވަރަށް ބޮޑު ދެ އުފާ: އިޤްތިޞާދީ ވަޒީރު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Sep 2026

މިއަދަކީ ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ދެ އުފަލެއް ލިބިގެންދިޔަ ތާރީޚީ ދުވަހެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މީސްމީޑިއާގެ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ފުރަތަމަ އުފަލަކީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މާލީ ނިޒާމު ބޮއްސުންލައިގެން ދިޔުމަށް ދޫކޮށްލައި، މަތިމައްޗަށް ދަރަނި ނަގަމުން، ދައުލަތުގެ ބަޖެޓުން އިސްރާފު ޚަރަދުތައް ކުރުމުގެ ތެރޭގައި ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް މި ސަރުކާރުން އަނެއްކާވެސް ދައްކައި ޚަލާޞްކޮށްދެއްވުމެވެ. އަދި މިއީ ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް ބޮޑު ދަރަންޏަކުން ސަލާމަތްކޮށްދެއްވި ކަމުގެ އުފާ ކަމުގައި ވަޒީރު ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދިވެހި ރައްޔިތުން ކުރި އިތުބާރަކީ، ޤައުމު ދަރައި ވިކުނަ ނުދެއްވައި، ކާޑާއި، ގޭހާއި އަދި ތެލަށްވެސް ޖެހުނަ ނުދެއްވައި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމުގެ އިތުބާރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ ރައީސް ގެންދަވަނީ ރެޔާއި ދުވާލު އެ މަސައްކަތްޕުޅު ކުރައްވައި، ޢަމަލީ ނަތީޖާ ދައްކަވަމުން ކަމަށްވެސް އެކްސް ޕޯސްޓުގައި ވެއެވެ.

ދެވަނަ އުފަލެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ އިތުބާރު ދަމަހައްޓައި، މިހާރު ކުރިއަށްދާ ކޮންގްރެސްގެ މަތީ މަޖިލީހުގެ އިއްތިފާޤުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރިޔާސީ ދެވަނަ ދައުރެއްގެ ޓިކެޓް އެރުވުމަށް ނިންމި ތާރީޚީ އަދި ޤައުމީ ނިންމުމެވެ.

މި ނިންމުމުގެ ސަބަބުތައް ވަރަށް ސާފުކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޕީއެންސީގެ ރައީސް، ޤައުމުގެ ރިޔާސަތުގައި ހުންނަވައިގެން ކުރިމަތިވި އެތައް އުނދަގޫ ޙާލަތްތަކެއް ގިރާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި "ދިވެހީންގެ ރާއްޖެ" އަމާން ބަނދަރަކަށް ގެންދިއުމުގެ ޒިންމާ ނަންގަވަމުން އެ ގެންދަވަނީ ނުހަނު އަމާނާތްތެރިކަމާއެކު ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އިސްކުރައްވައިގެން ކަމަށްވާތީ ކަމުގައި އިޤްތިޞާދީ ވަޒީރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
50 މިލިޔަން ޑޮލަރު ދައްކާފައިވަނީ އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ފައިސާއިން: މާލީ ވުޒާރާ
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެ ވުޒާރާއިން ބުނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ޓީ-ބިލް ދެއްކި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ޚަބަރު 18 Sep 2026
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ހިޔާ އަވަށުގެ ފްލެޓެއްގެ ބެލްކަނީގައި ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޚަބަރު 18 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
އެ ޕާޓީގެ މަތީ މަޖިލީހުގެ ނިންމުމުގެ ޖަލްސާގައި މި ޓިކެޓް ރައީސަށް އަރުވާފައިވަނީ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
ޚަބަރު 18 Sep 2026
މާލޭގެ ތޮށިގަނޑު ހިލަގާތަކުގެ ތެރެއަށް ވެއްޓި ތާށިވި މީހަކު ސަލާމަތްކޮށްފި
މާލޭގެ ތޮށިގަނޑު ހިލަގާތަކުގެ ތެރެއަށް ވެއްޓި ތާށިވި މީހަކު ސަލާމަތްކޮށްފި
މާލޭގެ އިރުމަތީ ފަރާތް، ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރެއަށް މީހަކު ވެއްޓި ތާށިވެފައި ވަނިކޮށް، ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ޚަބަރު 18 Sep 2026