ތުރުކީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ޑިއުޓީއާ ނުލައި އެތެރެކުރެވޭ ގޮތް ހަމަޖެހިއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 04 Aug 2026

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ ހާއްސަ ވިޔަފާރީގެ އެއްބަސްވުމުގެ (ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް) ދަށުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވެއްޖެއެވެ.

މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކަނޑައެޅޭ ވަކި ބާވަތްތަކަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކުން ގިންތިކުރެވިފައިވާ 75 ބާވަތެއްގެ މުދަލުން މި އެއްބަސްވުމުގެ ދަށުން ޑިއުޓީއަށް ލުއިތަކެއް ލިބިގެންދާނެއެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޒާމިރު ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ވަގުތުން ފައިދާ ކުރަން ފަށާނެއެވެ. ވަކިން ހާއްސަކޮށް، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ތުރުކީވިލާތުން އެތެރެކުރާއިރު އެއްވެސް ޑިއުޓީއެއް ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ތުރުކީއަކީ ދަނޑުވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ގައުމަކަށް ވުމާއެކު، މިއީ ރާއްޖޭގެ ދަނޑުވެރިކަން ސިންދަފާތު ކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

"ދަނޑުވެރިކަން ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހައިޑްރޯޕޯނިކްސް ސިސްޓަމްތަކާއި، ވަާޓިކަލް ފާމިންއަށް ބޭނުންވާ އެކި ސާމާނާއި، ގްރީންހައުސް ހަދަން ބޭނުންވާ ތަކެއްޗާއި، އަދި ދަނޑުވެރިކަމާ ގުޅުންހުރި ބޭހާއި ކެމިކަލް ފަދަ ތަކެތި މިހާރު ތުރުކީން އެތެރެކުރާއިރު އެއްވެސް ޑިއުޓީއެއް ދައްކާކަށް ނުޖެހޭނެ،" ޒާމިރު ތަފްސީލުކޮށްދެއްވިއެވެ.

ދަނޑުވެރިކަމުގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޖުމްލަ އިމްޕޯޓް ދާއިރާއަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މިހާރުވެސް ދެ ގައުމުގެ ދެމެދުގައި އަހަރަކު ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެއެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީން ރާއްޖެއަށް އެތެރެކުރާ 404 ބާވަތެއްގެ މުދަލުން ޑިއުޓީ ކުޑަކުރެވިގެންދާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުދަލުން ވަނީ މުޅިން ޑިއުޓީ ކަނޑާލާފައެވެ. މީގެ ސަބަބުން ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ދިވެހި ރައްޔިތުންނަށް ލިބިގެންދާނެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ މުޅި އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ.
ޚަބަރު 20 Sep 2026
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ޚަބަރު 20 Sep 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް އޭސީ ޔުނިޓްތަކެއް ގަތް މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޖުނައިދާއި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
ޚަބަރު 20 Sep 2026
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ފައިސާއެއް ނުވަތަ ޑޮލަރެއް ދޫކޮށްފައި ނުވާނެ ކަމަށާއި، މި މުއާމަލާތާ ގުޅިގެން ބޭންކުގެ މާލީ ހާލަތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ޚަބަރު 20 Sep 2026