ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް
ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް

ޔޫއޭއީގެ ނައިބު ރައީސްގެ ކޮއްކޯފުޅު ޝެއިޚް އަޙްމަދު ބިން ރާޝިދު އަވަހާރަވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 21 Sep 2026

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އެންމެ ހަގު ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް މިއަދު އަވަހާރަވެއްޖެއެވެ.

ދުބާއީ މީޑިއާ އޮފީހުން މި ޚަބަރު ކަށަވަރުކޮށްދީފައިވާއިރު، އަވަހާރަވީއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 76 އަހަރެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ދުބާއީގެ ޝާހީ ކޯޓުން ވަނީ ހޯމަ ދުވަހުން ފެށިގެން އެ ޤައުމުގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަސް އިޢުލާނުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދުބާއީގައި ދިދަތައް ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ.

ޖުލައި 12، 1950 ގައި ބުރް ދުބާއީއަށް އުފަންވެވަޑައިގެންނެވި ޝެއިޚް އަޙްމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ މަރުޙޫމް ޝެއިޚް ރާޝިދު ބިން ސަޢީދު އަލް މަޚްތޫމްގެ ހަތަރުވަނަ އަދި އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ. އެމަނިކުފާނަކީ ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

އެގޮތުން، ދުބާއީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންގެ މަޤާމާއި، އޭ.އާރް.އެމް. ހޯލްޑިންގް އަދި ދުބާއީ ރިއަލް އެސްޓޭޓް ސެންޓަރުގެ ގްރޫޕް ޗެއާމަންކަމުގެ އިތުރުން ޔޫއޭއީ ޕްރޯ ލީގުގެ މަޝްހޫރު ފުޓުބޯޅަ ކްލަބު "އަލް ވަޞްލް އެފްސީ" ގެ ޗެއާމަންގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

މީގެއިތުރުން، އިންސާނިއްޔަތަށް އެހީތެރިވުމުގެ ދާއިރާއިން ޖޫން 2021 ގައި އަލް ޖަލީލާ ފައުންޑޭޝަން މެދުވެރިކޮށް "ހަމްދާން ބިން ރާޝިދު ކެންސަރު ޗެރިޓީ ހޮސްޕިޓަލް" ޤާއިމުކުރުމަށް ދުބާއީ ފުލުހުންގެ އިދާރާ މެދުވެރިކޮށް އެމަނިކުފާނު ވެދެއްވި ދީލަތި އެހީތެރިކަން ވެސް ފާހަގަކޮށްލެވެއެވެ.

ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމަކީ ޔޫއޭއީގެ މުޅި އިއްތިޙާދަށާއި ދުބާއީގެ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ. ރަސްމީ އިއްޒަތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެމަނިކުފާނުގެ ޖަނާޒާގެ އެންމެހައި ކަންކަން ދުބާއީގެ ސަގާފީ އަދި ރަސްމީ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދިވެހި ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުން ހިތާމަ ފާޅުކުރައްވައި، މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޚަބަރު 21 Sep 2026
ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެއްޖެ
ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެއްޖެ
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ޚަބަރު 21 Sep 2026
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެ
މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 32.4 މިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ މުޅި އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ.
ޚަބަރު 20 Sep 2026
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ޚަބަރު 20 Sep 2026