އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައި، ފައިސަލް ނަސީމަށް ތާއީދުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވައިފި

ހ ހަޅަ
ޚަބަރު 22 Sep 2026

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރަމަރީގައި ވާދަނުކުރައްވަން ނިންމަވައި، މިދިޔަ އެމްޑީޕީގެ ވެރިކަމުގެ ނައިބު ރައީސްގެ މަގާމް އަދާކުރެއްވި ފައިސަލް ނަސީމަށް ތާއިދު ކުރައްވަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ރައީސް އިބޫ) ނިންމަވައިފިއެވެ.

ރައީސް އިބޫ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އަޑުތައް މީގެ ކުރިން ފެންމަތިވެފައިވާއިރު، އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އެކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ އެ ނިންމެވުން ބަދަލުކުރައްވާ ފައިސަލްއަށް ތާއިދުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

އިތުބާރުހުރި ފަރާތަކުން 'އެމްއެމް ޓީވީ' އަށް މައުލޫމާތު ދެމުން ބުނީ ރައީސް އިބޫ އެގޮތަށް ނިންމަވާފައިވާ ކަމަށާއި، ފައިސަލް ވާދަކުރައްވާނެކަން މިއަދު ނުވަތަ މާދަމާ ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، 2028 ގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ރައީސް އިބޫ ވާދަ ނުކުރައްވަން ނިންމަވާ އެކަން ޓީމާ މިހާރު ވަނީ ހިއްސާކުރައްވައިފައެވެ. އަދި ފައިސަލަށް ތާއިދުކުރައްވާ ޕްރައިމަރީއަށް ނެރުއްވުމަށް ރައީސް އިބޫ ފުރިހަމައަށް ތާއިދުކުރައްވާ ކަމަށް މައުލޫމާތުލިބިފައިވެއެވެ.

ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ނައިބު ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސް އިބޫ ތާއިދު ކުރައްވާކަން ހާމަކުރައްވާފައިވާ އިރު، ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ރައީސް އިބޫ ތާއިދު ކުރައްވަނީ މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމަށެވެ.

ރައީސް އިބޫގެ މި ނިންމެވުމަށްފަހު، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފައިސަލް ރަސްމީކޮށް ކެމްޕޭން ފެއްޓެވުމަށް ވަނީ ނިންމަވާފައެވެ.

އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކައިރިވެފައިވާއިރު، މިހާތަނަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ ފައިސަލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. ޝަމްހީދުއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ދާދި ފަހުން ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޔާޒަށް ތާއިދުކޮށް ކެމްޕޭން ވެސް ފައްޓަވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަޕޯޓަރުން ދަނީ ފައްޔާޒު ފެއަށް ޖެހިވަޑައިގެން 2028 ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވަން ފުރުސަތު ދެއްވުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
މި ފޯރަމްގެ ތެރެއިން، ވަޒީރު ޢަލީ އިހުސާންގެ ޚާއްސާ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންގައި، ފުލުހުންގެ މުއައްސަސާގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، އަންހެން މުވައްޒަފުން ކުރިއެރުވުމަށް ވަޒީރު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވިއެވެ.
ޚަބަރު 23 Sep 2026
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ހަޤީޤީ ލީޑަރުންނަކީ ތިމާވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއްކަން ފާހަގަކުރައްވާ އަދި އެފަދަ ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރުމަށް އަންހެން ފުލުހުންނަށް ގޮވާލައްވާފައެވެ.
ޚަބަރު 23 Sep 2026
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވަނީ ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު 23 Sep 2026
ދައުލަތުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ: މާލީ ވަޒީރު
ދައުލަތުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ: މާލީ ވަޒީރު
ރަސްމާލެ ޕްރޮޖެކްޓުގެ އިނިޝިއަލް ކޮމިޓްމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ ހައުސިންގ ދިވެހި ސަރުކާރުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި، ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގައި ބޭނުންކުރެވޭނެ ގޮތަށް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ހުޅުމާލޭގައި ކަނޑައަޅާ ތަނެއްގައި 5،000 ހައުސިންގ ޔުނިޓް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 23 Sep 2026