ދައުލަތުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ: މާލީ ވަޒީރު

ހ ހަޅަ
ޚަބަރު 23 Sep 2026

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގާ އީގަލް ހިލްސް ކުންފުނީގެ އިނިޝިއަލް ކޮމިޓްމަންޓެއްގެ ގޮތުން، ދިވެހި ސަރުކާރުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި 500 މިލިއަން ޑޮލަރުގެ 5,000 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދެއްވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ރަސްމާލެ ޕްރޮޖެކްޓުގެ އިނިޝިއަލް ކޮމިޓްމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ ހައުސިންގ ދިވެހި ސަރުކާރުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި، ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގައި ބޭނުންކުރެވޭނެ ގޮތަށް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ހުޅުމާލޭގައި ކަނޑައަޅާ ތަނެއްގައި 5,000 ހައުސިންގ ޔުނިޓް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަޝްރޫޢަކީ އެ ބޭފުޅުން އަމިއްލައަށް ފައިނޭންސް ހޯދައިގެން ކުރިއަށްގެންދާ ކަމަކަށްވާތީ، ދިވެހި ސަރުކާރުން އެއްވެސް ލޯނެއް، ފައިނޭންސިންގއެއް ނުވަތަ މާލީ ކޮމިޓްމަންޓެއް ދޭކަށް ނުޖެހޭނެ ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
މި ފޯރަމްގެ ތެރެއިން، ވަޒީރު ޢަލީ އިހުސާންގެ ޚާއްސާ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންގައި، ފުލުހުންގެ މުއައްސަސާގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، އަންހެން މުވައްޒަފުން ކުރިއެރުވުމަށް ވަޒީރު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވިއެވެ.
ޚަބަރު 23 Sep 2026
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ހަޤީޤީ ލީޑަރުންނަކީ ތިމާވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއްކަން ފާހަގަކުރައްވާ އަދި އެފަދަ ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރުމަށް އަންހެން ފުލުހުންނަށް ގޮވާލައްވާފައެވެ.
ޚަބަރު 23 Sep 2026
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވަނީ ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު 23 Sep 2026
ރަސްމާލެ މަޝްރޫޢުން ދައުލަތަށް ހުރިހާ ޓެކްސެއް ލިބި، 54،000 ވަޒީފާ އުފެދިގެންދާނެ: މާލީ ވަޒީރު
ރަސްމާލެ މަޝްރޫޢުން ދައުލަތަށް ހުރިހާ ޓެކްސެއް ލިބި، 54،000 ވަޒީފާ އުފެދިގެންދާނެ: މާލީ ވަޒީރު
ޕީއެސްއެމް ނިއުސްގެ ރޭގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢަށް އެއްވެސް ޓެކްސް އެގްޒެމްޕްޝަނެއް ދިނުމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ. މިއީ ޓެކްސް އިންސެންޓިވްއެއް ދީގެން ކުރިއަށްދާނެ މަޝްރޫޢެއް ނޫން ކަމަށާއި، ރިއުވެނިއުއިން ސޭލްސް ޓެކްސް، ޓީޖީއެސްޓީ، ޖީއެސްޓީ، ޖީއާރްޓީ އަދި އިންކަމް ޓެކްސް ފަދަ ހުރިހާ ޓެކްސްއެއް، ދޭ ޚިދުމަތްތަކުން ދައުލަތަށް ވަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން، ދައުލަތުން ލީޒް ރައިޓްސް ވިއްކާއިރު އެ ލީޒް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ ސީދާ ދިވެހި ސަރުކާރަށް ލިބޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 23 Sep 2026