ބީއެމްއެލްގެ "އާޔާ" އަށް ބޮޑު އަޕްގްރޭޑެއް: ކަސްޓަމަރުންގެ ސުވާލުތަކަށް އަވަސް ޖަވާބެއް ލިބޭނެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 22 Jul 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އޭއައި ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް "އާޔާ" އަށް މުހިންމު އަޕްޑޭޓްތަކެއް ގެނެސް، ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްފިއެވެ.

ބީއެމްއެލް މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް މިހާރު މި ޚިދުމަތް ލިބޭނެއެވެ. މި އަޕްގްރޭޑާއެކު، މީގެ ކުރިން މޮބައިލް އެޕާއި ވެބް ޕޯޓަލް މެދުވެރިކޮށް ބޭންކިންގ ރިކުއެސްޓްތައް ފޮނުވުމަށް ބޭނުންކުރި މެސެޖިންގ ފީޗާ ވަނީ މެދުކަނޑާލާފައެވެ. އޭގެ ބަދަލުގައި ހުރިހާ ސުވާލުތަކާއި ހުށަހެޅުންތައް މިހާރު ކުރިއަށްދާނީ "އާޔާ" މެދުވެރިކޮށް ވަރަށް ފަސޭހަ ނިޒާމެއްގެ ތެރެއިންނެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، އަޕްޑޭޓް ކުރެވުނު "އާޔާ" އަކީ އާންމުކޮށް ކުރިމަތިވާ ސުވާލުތަކަށް އަމިއްލައަށް ޖަވާބުދީ، ބޭންކިންގ ރިކުއެސްޓްތައް އަވަސްކަމާއެކު ނިންމައިދިނުމުގެ ގާބިލުކަން ލިބިފައިވާ އެސިސްޓަންޓެކެވެ. މީގެ އިތުރުން، ކަސްޓަމަރުން ބޭންކުގެ މުވައްޒަފަކާ ސީދާ ވާހަކަދައްކަން ބޭނުންވާ ހާލަތްތަކުގައި، "އާޔާ" މެދުވެރިކޮށް ދުވާލަކު 24 ގަޑިއިރު، ހަފްތާއަކު 7 ދުވަހު ބޭންކުގެ މުވައްޒަފަކާ ގުޅައިދިނުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

މި ބަދަލާ ގުޅޭގޮތުން ބޭންކުން ބުނީ، މިއީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެއް ކަމަށެވެ. "އާޔާ" މެދުވެރިކޮށް ޚިދުމަތްތައް ދިނުމުން، ކަސްޓަމަރުންނަށް އަވަސް އަދި އެއްހަމައެއްގައި ޖަވާބު ލިބުމަށް މަގުފަހިވާނެ ކަމަށް ބޭންކުން ފާހަގަކުރެއެވެ.

"އާޔާ" އަކީ ބީއެމްއެލްގެ އެންމެ ފުރަތަމަ އޭއައި ޑިޖިޓަލް އެސިސްޓަންޓްގެ ގޮތުގައި 31 މޭ 2023 ގައި ތައާރަފުކުރި ޚިދުމަތެކެވެ. މި ޚިދުމަތުގެ ބޭނުމަކީ ކޮންމެ ވަގުތަކުވެސް މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ފަހަރު ގެނެވުނު ބަދަލުތަކަކީ ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ޒަމާނީކޮށް، ކަސްޓަމަރުންނަށް ފަސޭހަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ބޭންކުން ގެންގުޅޭ ހާއްސަ ސްޓްރެޓެޖީގެ ބައެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވަލޮޕްމެންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި ސުލޫކު އަލުން އިޢާދަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މުހިންމު ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ޚަބަރު 09 Sep 2026
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026