މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރ-އޭޖެންސީ ފޯރަމް ބާއްވައިފިއެވެ.
"ރީވިޒިޓިންގ ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު" ނަމުގައި މި ފޯރަމް ބާއްވާފައިވަނީ، މި މަހުގެ 6 އިން 7 އަށް ކެނަރީފް ރިސޯޓް މޯލްޑިވްސްގައެވެ.
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
މި ފޯރަމުގައި، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން، ދެކުނުގެ ސަރަހައްދުގައި ފަރުވާ އާއި، ރިހެބިލިޓޭޝަން އަދި ރިކަވަރީ މަރުހަލާގައި ހުރި ދަތިތަކާއި، ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އަދި މުއައްސަސާތަކުގެ މަސައްކަތްތައް އެއް މިސްރާބަކަށް ބައްޓަންކުރުމާއި، އެހީތެރިކަން އިތުރުކުރެވޭ ނެ ގޮތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
މި ފޯރަމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޑްރަގް ކޯޓާއި ނޭޝަނަލް ޑްރަޖް އެޖެންސީގެ އިސް ވެރިންގެ އިތުރުން ސައުތު ޕޮލިހުގެ އިސްވެރިން ބައިވެރިވެރިވެލެއްވިއެވެ.
މި ފޯރަމުގައި ސައުތު ފޮލިހާއި، ޑްރަގް އެންފޯސްމަންޓާއި، ނޭޝަނަލް ޑްރަގް އޭޖެންސީއާއި، ޑްރަގް ކޯޓުގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގިރިންދާ ޖަމުއިިއްޔާއިން ބައިވެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް