ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ: އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއް!

ހ ހަޅަ
ޚަބަރު 08 Sep 2026

ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، ޒުވާން ޖީލުގެ ތެރެއިން އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއްގެ ގޮތުގައި ބާއްވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ 13 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި މަހާސިންތާގައި 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، 13 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ޒުވާން ޚަޠީބުން ރަސްމީކޮށް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނުހަނު އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދަވާ ކަމެކެވެ. އެގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަަޠީބުން ތަމްރީނުވެފައިވެއެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ މި ދައުރުގައި ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވައިފި
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވައިފި
މި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ޚަބަރު 08 Sep 2026
އެމްޓީޑީސީ ގެ ޗެއާމަންކަމުގެ މަޤާމަށް، އަޙްމަދު ޝަހީރު އައްޔަނުކޮށްފި
އެމްޓީޑީސީ ގެ ޗެއާމަންކަމުގެ މަޤާމަށް، އަޙްމަދު ޝަހީރު އައްޔަނުކޮށްފި
ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( ގެ ޗެއާމަންކަމުގެ މަޤާމުގައެވެ. ޝަހީރު ވަނީ މީގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން )އެސްޓީއޯ( ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.
ޚަބަރު 08 Sep 2026
މިނިސްޓަރ ޢަލީ ޝަރީފް، ޖަޕާނު ސަފީރާއި ބައްދަލުކުރައްވައިފި
މިނިސްޓަރ ޢަލީ ޝަރީފް، ޖަޕާނު ސަފީރާއި ބައްދަލުކުރައްވައިފި
މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ޚަބަރު 08 Sep 2026