އޮޕަރޭޝަން ކުރަނގި: 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި

ހ ހަޅަ
ޚަބަރު 10 May 2026

އޮޕަރޭޝަން ކުރަނގި ނަމުގައި ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ އެއްކުރުމަށް، ރައީސުުލްޖުމްހޫރިއްޔާ ފައްޓަވަދެއްވި މަސައްކަތުގެ ދަށުން 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ:

1. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި

2. ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި

3. ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.

12 ނޮވެންބަރ 2023ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދޫކުރެވިފައިވާ ވޯކްޕާމިޓް ތަކުގެ ޖުމުލަ އަދަދަކީ 295،678 އެވެ. ނަމަވެސް 01 މެއި 2026ވަނަ ދުވަހުގެ ނިޔަލަށް މި އަދަދު ހުރީ 232،884ގައެވެ. މީގެތެރޭގައި ހިމެނޭ އަސްލު ނުވަތަ އޮތެންޓިސިޓީ ކަށަވަރުނުވާ 2012 ވަނަ އަހަރުގެ ކުރީގެ ވޯކްޕާމިޓް ތަކުގެ އަދަދު 2023 ވަނަ އަހަރު 86،741 ގައި ހުރިނަމަވެސް މިއަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މި އަދަދު ހުރީ 19,904 ގައެވެ.

އޮތެންޓިސިޓީ ކަށަވަރުވެފައިވާ ވޯކްޕާމިޓްތަކުގެ ތެރެއިން ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިވާ ވޯކްޕާމިޓްތަކުގެ އަދަދު 12 ނޮވެންބަރ 2023ވަނަ އަހަރު ހުރީ 60,520 ގައެވެ. މިއީ 20 އިންސައްތައެވެ. މި އަދަދު މި އަހަރުގެ މެއި މަހުގެ 01ވަނަ ދުވަހުގެ ނިޔަލަށް ހުރީ 66 އިންސައްތައަށް އަރާފައެވެ. މާނައަކީ 152,634 މީހުންނަކީ މިހާރު ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިވާ ފަރާތްތަކެވެ.

ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިނުވާ ވޯކްޕާމިޓްގެ އަދަދު 12 ނޮވެންބަރު 2023ވަނަ އަހަރުގައި ހުރީ 235,158ގައެވެ. މިހެންކަމުން ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު 80 އިންސައްތަ މީހުންނަކީ ޤަވާއިދާއި އެއްގޮތަށް ވިސާފީ އަދި ވޯކްޕާމިޓް ފީ ދައްކާފައިނުވާ ވޯކްޕާމިޓްގެ ތެރޭގައި އުޅެމުން އައި މީހުންނެވެ. މިއަދަދު މިހާރު ހުރީ 80,250 ގައެވެ. އެއީ 34 އިންސައްތަ މީހުންނެވެ. މީގެ ތެރޭގައި 1 މެއި 2026ގައި ފީ ހަމަވެފައިވާ މީހުންވެސް ހިމެނެއެވެ. މިއީ 2 އަހަރު ތެރޭގައި ޒަމާންވީ، ބޮޑު، މިމައްސަލައަށް ގެނެވުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެކްޓިވް ވޯކްޕާމިޓް އޮތް އަދި 10 އިނގިލީގެ ނިޝާނާއި ފޭޝަލްރެކޮގްނިޝަނަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިވާ ބިދޭސީ މަސައްކަތްތެރިން 2023ވަނަ އަހަރުގެ 12 ނޮވެންބަރުގެ ނިޔަލަށް ހުރީ 27,200ގައެވެ. މިއީ އޭރު ދޫކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުތަކުގެ އެންމެ 13 އިންސައްތަ ބިދޭސީންނެވެ. މިހާރު މި އަދަދުވަނީ 202,224އަށް އަރާފައެވެ. މާނައަކީ ސައްޚަކަން ކަށަވަރުކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓް އޮތް 10 އިނގިލީގެ ނިޝާން އަދި ފޭޝަލްރެކޮގްނިޝަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިވާ 2މީހުންގެ އިންސައްތަ ވަނީ 13 އިން 95 އިންސައްތައަށް އިތުރުކުރެވިފައެވެ. މިއީ ހޯމް މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމަންޓާއި އިމިގްރޭޝަން އަދި ކައުންސިލްތަކުގެ މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެދަށުން 2 އަހަރު ތެރޭގައި ކުރައްވާފައިވާ ޤައުމީ ސަލާމަތަށް ކޮންމެހެން ބޭނުންވާ ބުރަ މަސައްކަތެކެވެ.

2023 ވަނަ އަހަރުގެ 12 ނޮވެމްބަރު މަހުގެ ނިޔަލަށް ސައްޚަކަން ކަށަވަރުކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓް އޮތް 10 އިނގިލީގެ ނިޝާން އަދި ފޭޝަލްރެކޮގްނިޝަނަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިނުވާ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ހުރީ 181,737ގައެވެ. މާނައަކީ ކާކުކަން ސައްޚަކޮށް ނޭނގޭ އަދި ހުރިތަނެއްވެސް ނޭނގޭގޮތަށް މި އަދަދަށް މީހުން އޭރު ރާއްޖޭގައި ދިރިއުޅެމުން އައިކަމުގެ ބިރު އޮތެވެ. މިއީ އެވަގުތު ރާއްޖޭގައި އުޅެމުން އައިކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިންގެ އާބާދީގެ 87 އިންސައްތައެވެ. މިއީ އެތައް ސަރުކާރެއް ނިމިގެން ދިޔައިރުމިކަމަށް އިހުމާލުވެފައިވާ ކަމުގެ ބޮޑުކަން ދައްކައިދޭ ކަމެކެވެ.

އެކްޓިވް ވޯކްޕާމިޓް އޮތް 10 އިނގިލީގެ ނިޝާން އަދި ފޭޝަލްރެކޮގްނިޝަނަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިނުވާ އަދި މިވަގުތު ރާއްޖޭގައި ދިރިއުޅެމުން އަންނަކަން ކަށަވަރު ކުރެވިފައިވާ ބިދޭސީ މަސައްކަތްތެރިން އަދަދު މެއި މަހުގެ ނިޔަލަށް މިވަނީ ހުރީ 2،895ގައެވެ. އެއީ އެންމެ 1 އިންސައްތައިގެ މީހުންނެވެ. މިއީ ދުނިޔޭގައި މިކަންކަން އެއްމެ ރަނގަޅަށް ބަލަހައްޓަމުން އަންނަ ޤައުމުތަކުގެ ލިސްޓުގެ އެއްމެކުރީގައިވާ ސިންގަޕޫރުގައިވެސް މިއަދަދު ހިފެހެއްޓިފައި ހުރިވަރެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެއެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.

ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ. މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ޤަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026