ފޮޓޯ: އެމްއެމްއޭ
ފޮޓޯ: އެމްއެމްއޭ

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ޔުނިކޯޑްގެ ބައިނަލްއަޤްވާމީ މިންގަނޑުގައި ހިމަނައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 17 Sep 2026

ޑިޖިޓަލް އެކި ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ރަސްމީ ނިޝާން އެއް މިންގަނޑަކުން ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، އެ ނިޝާން ބައިނަލްއަޤްވާމީ ޔުނިކޯޑް މިންގަނޑުގައި (ޔުނިކޯޑް ސްޓޭންޑަޑް) ހިމަނައިފި ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުދަ ދުވަހު އިޢުލާނުކޮށްފިއެވެ.

ޔުނިކޯޑް ކޮންސޯޓިއަމް އިން ޝާއިޢުކުރި "ޔުނިކޯޑް 18.0" ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ކޯޑް ޕޮއިންޓް "U+20C2" ގެ ދަށުންނެވެ. މި ނިޝާނަކީ 2022 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން ރަސްމީކޮށް ނެރެ، ބޭނުންކުރަމުން އަންނަ ނިޝާނެކެވެ. ބައިނަލްއަޤްވާމީ މި މިންގަނޑުގައި ހިމެނުމުގެ ކުރިން، ޑިޖިޓަލް ވަސީލަތްތަކުގައި ރުފިޔާގެ ނިޝާން ބޭނުންކުރަމުން އައީ އެކި ޑިޒައިންތަކާއި ތަފާތު ފޯމެޓިންގ މިންގަނޑުތަކުގައެވެ.

އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ މިންގަނޑުގެ ތެރެއަށް މި ނިޝާން ލިކިޔުއްވުމާ ގުޅިގެން ވެބްސައިޓްތަކާއި، މޮބައިލް އެޕްލިކޭޝަންތަކުގެ އިތުރުން ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެއް މިންގަނޑަކުން މި ނިޝާން ދެއްކުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ޤައުމީ ފައިސާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭ އިން ސިފަކުރެއެވެ. އަދި ކުރިއަށް އޮތް ސިސްޓަމް އަޕްޑޭޓްތަކާއެކު މި ނިޝާން ފުރިހަމައަށް ބޭނުންކުރެވެން ފަށާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ޔުނިކޯޑް ސްޓޭންޑަޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް ކުރެވުނު ފަންނީ މަސައްކަތްތަކުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް މަރުކަޒީ ބޭންކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ނިޝާނަކީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފަރުމާކުރުމުގެ މުބާރާތަކުން، ރަސްމީ ފަނޑިޔާރުންގެ ޕެނަލަކުން ހޮވި އެއްވަނަ ޑިޒައިނެވެ. މި ނިޝާން 2022 ވަނަ އަހަރު ރަސްމީކޮށް ތަޢާރަފުކުރުމަށްފަހު، މިހާރު ވަނީ ދިވެހި ރުފިޔާގެ ކަރުދާސް ނޫޓުތަކުގައިވެސް ޗާޕުކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އެޗްއައިވީގެ ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ފިޖީގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި
އެޗްއައިވީގެ ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ފިޖީގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި
ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ފިޖީގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެ ޤައުމުގައި ޤައުމީ ފެންވަރުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. މި ނިންމުމާއެކު އެ ޤައުމުގެ ސަރުކާރުން ވަނީ އެޗްއައިވީއަށް ޓެސްޓުކުރުމާއި، ފަރުވާ ދިނުމާއި، ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް އަވަސްކޮށްފައެވެ.
ދުނިޔެ 17 Sep 2026
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިތުބާރުހުރި ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އަސާސް: މެޑަމް ސާޖިދާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިތުބާރުހުރި ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އަސާސް: މެޑަމް ސާޖިދާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަރުދަނާ އަދި އިތުބާރު ހިފޭ ސިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޚަބަރު 17 Sep 2026
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު ހަތަރު މައްސަލަ ޙައްލުކުރުން ކަމަށާއި، އެކަމަށްޓަކައި ޚާއްޞަ ނިޒާމީ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޚަބަރު 17 Sep 2026
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމުގެ ގަރާރު ޕީއެންސީން ފާސްކޮށްފި
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމުގެ ގަރާރު ޕީއެންސީން ފާސްކޮށްފި
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް ހުށަހެޅި ހާއްސަ ގަރާރު އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޚަބަރު 17 Sep 2026