ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމުގެ ގަރާރު ޕީއެންސީން ފާސްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 17 Sep 2026

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް ހުށަހެޅި ހާއްސަ ގަރާރު އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، މި ގަރާރު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަތީ މަޖިލީހުގެ 1119 މެންބަރުންގެ އިއްތިފާގުންނެވެ.

މި ގަރާރު ފާސްކުރުމާއެކު، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ރަސްމީ ދައުވަތު ރައީސް ޑރ. މުޢިއްޒަށް އެރުވުމުގެ ކަންކަން ކުރިއަށްދާނެއެވެ.

މަތީ މަޖިލީހުން މި ގަރާރު ފާސްކުރީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށާއި، އިގްތިސާދު ހަމަމަގަށް އެޅުއްވުމަށާއި، ބޯހިޔާވަހިކަމާއި އިޖުތިމާއީ ދުޅަހެޔޮކަން ގާއިމުކުރެއްވުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކޮށް، ގައުމަށް މިހާރު ގެންނަވަމުންދާ ތަރައްގީގެ ދަތުރު ދެމެހެއްޓުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އިއްތިފާގުވަމުންނެވެ.

މިއީ 2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ޕީއެންސީގެ ފަރާތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީ ހައިސިއްޔަތުން ރުހުން ދިން ފުރަތަމަ ފަހަރެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އެޗްއައިވީގެ ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ފިޖީގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި
އެޗްއައިވީގެ ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ފިޖީގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި
ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ފިޖީގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެ ޤައުމުގައި ޤައުމީ ފެންވަރުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. މި ނިންމުމާއެކު އެ ޤައުމުގެ ސަރުކާރުން ވަނީ އެޗްއައިވީއަށް ޓެސްޓުކުރުމާއި، ފަރުވާ ދިނުމާއި، ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް އަވަސްކޮށްފައެވެ.
ދުނިޔެ 17 Sep 2026
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިތުބާރުހުރި ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އަސާސް: މެޑަމް ސާޖިދާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިތުބާރުހުރި ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އަސާސް: މެޑަމް ސާޖިދާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަރުދަނާ އަދި އިތުބާރު ހިފޭ ސިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޚަބަރު 17 Sep 2026
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު ހަތަރު މައްސަލަ ޙައްލުކުރުން ކަމަށާއި، އެކަމަށްޓަކައި ޚާއްޞަ ނިޒާމީ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޚަބަރު 17 Sep 2026
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ
ޏ. ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޚަބަރު 17 Sep 2026