މާލޭގައި ބޭއްވި ޢީދު ހަރަކާތެއްގެ ތެރެއިން
މާލޭގައި ބޭއްވި ޢީދު ހަރަކާތެއްގެ ތެރެއިން

އަޟްޙާ ޢީދު ފާހަގަކުރުމަށް އެމްއޭސީއެލް އިން "ޢީދު ހަވީރު 1447" ގައި ކުލަގަދަ ހަރަކާތްތަކެއް ހިންގަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 25 May 2026

ކުރިއަށް އޮތް އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ބާއްވާ "ޢީދު ހަވީރު 1447" ފެސްޓިވަލްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަރަށް ފޯރިގަދަ ހަރަކާތްތަކަކާއެކު ބައިވެރިވުމަށް ނިންމައިފިއެވެ.

މި ފެސްޓިވަލް ކުރިއަށް ދާނީ މޭ މަހުގެ 27 އިން 29 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ ޚާއްޞަ ސްޓޯލްތަކާއި ތަފާތު ކުޅިވަރުތައް ފެނިގެންދާނެއެވެ. އެމްއޭސީއެލްގެ ސްޓޯލް ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައެވެ.

މި އަހަރުގެ ޢީދު ހަވީރުގައި އެމްއޭސީއެލް އިން އިސްކަންދީފައިވަނީ ދިވެހިވަންތަ، ސަޤާފީ އާދަކާދަތައް ދިރުވުމަށެވެ. އެގޮތުން ކޯޑީ ހިފުމާއި، ބޮޑުބެރާއި، މާލީގެ އެކިއެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަކޮށްގެން މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެކި ދުވަސްމަތިން މި ސްޓޯލުން ފެންނާނެއެވެ.

ޢާއިލީ ގުޅުން ބަދަހިކުރުމަށް ފަރުމާކޮށްފައިވާ މި ސްޓޯލްގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެއް ހުންނާނެއެވެ. މީގެ އިތުރުން ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، އަދި ބަބުލް ހައުސް ފަދަ މަޖާ ކުޅިވަރުތަކުގެ އިތުރުން ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރތައް ވެސް ކުޑަކުދިންނަށް ޚާއްޞަކޮށްފައިވެއެވެ.

މިއަހަރުގެ ޢީދު ހަވީރުގެ އެންމެ ޚާއްޞަ އެއް ހަރަކާތަކީ، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ޢަލީ އަޝްފާޤު (ދަގަނޑޭ) އެމްއޭސީއެލްގެ ސްޓޯލްގައި ބައިވެރިވެ، އޭނާގެ ފުޓުބޯޅަ ހުނަރުތައް ދައްކާލުމެވެ.

އެމްއޭސީއެލް އިން ވަނީ އަޟްޙާ ޢީދުގެ މި އުފާވެރި ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ޢާންމުކޮށް ދަޢުވަތު އަރުވާފައެވެ. މި ހަރަކާތަކީ ޢީދުގެ އުފާ ފާޅުކުރުމާއެކު، ދިވެހި ސަޤާފަތާއި އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް އުނގަންނައިދީ، އެކުވެރި މާޙައުލެއް ބިނާކުރުމަށް ހިންގޭ މުހިންމު ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026