ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް ކެންޕޭންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު

ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް ކެންޕޭންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު

ހ ހަޅަ
ޚަބަރު 20 Aug 2024

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) ޕްރޮޖެކްޓް އިން ކުރިއަށް ގެންދާ 'ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް' ކެންޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް 12 އޮގަސްޓް 2024 ގައި ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރީ އިން ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ކެންޕޭންގައި ބައިވެރިވުމަށް، އެޒުވާނަކު މަސައްކަތްކުރާ ދާއިރާއާއި މެދު ޝައުގުވެރިކަން އުފެދުނު ގޮތާއި، އެ ދާއިރާގައި މަސައްކަތްކުރަން ފެށުނު ގޮތާއި، އެ ދާއިރާގައި ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ އިތުރުން އެހެން ޒުވާނުނަށް ދޭން ބޭނުވާ މެސެޖަކީ ކޮބައިކަން ދޭހަވާގޮތަށް، 3 މިނެޓުގެ ވީޑިއޯއެއް (ޕޯޓްރޭޓް އޮރިއެންޓޭޝަންގައި) ނުވަތަ ޕްރެޒެންޓޭޝަނެއް (ފޮޓޯ ސްލައިޑްސް) ތައްޔާރުކޮށް، ތިރީގައިވާ އީ-މެއިލް އަށް ފޮނުވުމަށްފަހު މީރީގެ ސޯޝަލް މީޑިއާތަކަށް ފޮލޯ އަދި ޓެގް ކުރައްވައިގެން ބައިވެރިވެވޭނެއެވެ.

16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން، އެޒުވާނުންގެ ވާހަކަތައް އާމުންނާއި ހަމައަށް ގެނެސްދިނުމާއެކު އެ ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން ގެންދާ މި ކެމްޕެއިން ގުރުއަތުން ފުރަތަމަ ހޮވޭ ފަރާތަކަށް ފޫޖީ ފިލްމް އިންޓެކްސް ވައިޑް 300 އިންސްޓެންޓް ކެމެރާ އެއް ލިބިގެންދާނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އަންބަލަންގެ ޖްވެލްރީ ޑިޒައިން ކޯސް ލިބިގެންދާއިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް ބޮޑީ ޓެކް ޖިމްގެ 1 މަސްދުވަހުގެ މެމްބަރޝިޕް ލިބިގެންދާނެއެވެ.

މި ކެންޕޭނުގައި ބައިވެރިވުމުގެ ފުރުސަތު 12 ސެޕްޓެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 18:00 ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026