ބާރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ދަނީ ކުރަމުން

ހ ހަޅަ
ޚަބަރު 12 May 2026

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހއ. ބާރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ތަފްސީލީ ސާވޭތަކުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށް އާރުޑީސީ އިން ހާމަކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން ބާރަށުގައި ޖުމްލަ 7.56 ކިލޯމީޓަރުގެ ދިގު ރިންގް ރޯޑެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 296.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫޢު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 1280 ދުވަހުގެ މުއްދަތެކެވެ.

މިހާރު ކުރިއަށްދާ ސާވޭގެ މަސައްކަތްތަކުގެ ތެރޭގައި މަގު ހެދުމަށް ބޭނުންވާ ތަފްސީލީ ޓޮޕޮގްރަފިކް ސާވޭއާއި، ބިމުގެ ފަސްގަނޑު ދިރާސާކުރާ ޖިއޯޓެކްނިކަލް ސާވޭގެ އިތުރުން ހައިޑްރޮލޮޖިކަލް ސާވޭތައް ހިމެނެއެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ބަލާ އީއައިއޭ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ބާރަށުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ތާރު ނުވަތަ އަސްފަލްޓް އަޅައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މީގެ ތެރޭގައި އެގްރިގޭޓް ބޭސް ކޯސް އެޅުމާއި، ޕްރައިމް ކޯޓު އެޅުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި މަގުތަކުގައި ކާބްސްޓޯން ޖަހައި، ގައު އަތުރައިގެން ދުވާރު ހެދުމާއި، ގަސް އިންދުމަށް ޚާއްޞަ ޓްރީޕިޓްސް ބެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.

މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ލޭންތައް ވަކިކުރުމާއި، ޒީބްރާ ކްރޮސިންތައް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. ހަމައެއާއެކު ސްޕީޑް ބްރޭކަރުތަކާއި ޓްރެފިކް ނިޝާން ބޯޑުތައް ހަރުކުރުމުގެ އިތުރުން، މުޅި ރިންގް ރޯޑުގައި ފައުންޑޭޝަން އަޅައި ކޭބަލް ވަޅުލުމަށްފަހު ޒަމާނީ މަގުބައްތިތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ތެރެއިން މަގުތަކުގެ އާ ލެވެލްއާ އެއްގޮތްވާ ގޮތަށް، މިހާރު ހުރި ޔުޓިލިޓީ ޖަންކްޝަންތައް އުސްކުރުން ނުވަތަ ތިރިކުރުން ފަދަ ބަދަލުތައް ގެނައުމަށްވެސް ވަނީ ރޭވިފައެވެ. މި މަޝްރޫޢު ނިމުމުން ބާރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ މަލަމަތި އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026