ދެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލައި ވާދަވެރި އިޤްތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ހ ހަޅަ
ޚަބަރު 06 May 2026

ދެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލައި ވާދަވެރި އިޤްތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމް ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި އޮތް ޒަމާންވީ ސަގާފީ އަދި 60 އަހަރުވީ ސިޔާސީ ގުޅުމަކީ "ޙަޟާރީ ގާތްތެރިކަމެއް" ކަމުގައި ސިފަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާއާއި 'ވިޜަން 2040' އަށް އަލިއަޅުއްވާލައްވަމުން، އަމިއްލަ އިސްނެގުމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށާއި، އިންވެސްޓަރުންގެ އިތުބާރު ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އިސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އުމްރާނީ ތަރައްޤީއާއި، ޑިޖިޓަލް އީޖާދުތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ބާރުއެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށާއި، އަދި ރާއްޖޭގައި އިންވެސްޓްކުރުމުގެ ޤަވާއިދު ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްއަށް އިސްލާހު ގެނައި، އިންވެސްޓް ކުރާ ފަރާތްތަކަށް ސާފު މަގެއް ކޮށައި ދިނުމަށެވެ. އެމަނިކުފާނު ވިދާޅުވީ އެތެރޭގެ ވިޔަފާރިތައް ކުރިއަރާފައިވާ ދާއިރާތައް ހިމާޔަތް ކުރުމަށް ބަދަލުތައް ގެންނައިރު އިތުރު އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް އައު ދޮރުތައް ސަރުކާރުން ހުޅުވަމުންދާ ކަމަށެވެ. އެގޮތުން ޤައުމީ ތަރައްޤީގައި އިސްކަންދޭ ދައިރާތަކުން ބޭރުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ހޯދުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤާނޫނުތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ސަރުކާރުން މަސައްކަތް ކުރަނީ ހުޅުވިފައިވާ ވާދަވެރި އިޤްތިޞާދެއް ބިނާ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގޫގުލްގެ ދިވަރަ މަޝްރޫޢުގެ މިސާލު ދައްކަވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ އިންވެސްޓްމެންޓްތައް ރާއްޖެ އައުމުން ދައްކުވައިދެނީ ބޭރުގެ ބޮޑު ކުންފުނިތައްވެސް ރާއްޖެއަށް އިތުބާރު ކުރާ މިންވަރު ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖެއަށް ފަހި އިންވެސްޓްމެންޓް ފުރުސަތުތައް ބޭނުންވާ ފަދައިން ދިވެހި ވިޔަފާރިތައްވެސް ބޭރު ޤައުމުތަކުގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ކަމަށެވެ. އެމަގުން ބަލާއިރު ލަންކާއަކީ އިސްސަފުގައި ގުނާލެވޭ ޤައުމަކަށްވާއިރު ދެ ޤައުމަށްވެސް އެންމެ ފައިދާ ކުރާނީ ދެކޮޅަށްވެސް ފަހި އިންވެސްޓްމެންޓުގެ މާހައުލެއް އޮވެގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޯރަމުގައި ބައިވެރިވި ލަންކާގެ ވިޔަފާރިތަކާއި، ލަންކާގައި ޤާއިމްވެ ތިބި އެހެން ޤައުމުތަކުގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިންވެސްޓްމެންޓުތަކެއް ރާއްޖޭގައި ކުރުމަށް ދައުވަތު އަރުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026