1.5 ކިލޯގެ މަސްތުވާތަކެތީގެ މުއާމަލާތް ރޭވީ ރޫނާ: ފުލުހުން

އ އައިމިނަތުު މުޙައްމަދު
ޚަބަރު 29 May 2026

ފާއިތުވި އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް 1.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކީ އެ މުއާމަލާތް ރޭވުމުގައި އިސްކޮށް ހުރި ފަރާތް ކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، އާބިޖީލީހިޔާ، އުމުރުން 29 އަހަރުގެ އާމިނަތު ރޫނާ އާއި، ގ. މުތީގޭއާގެ، އުމުރުން 25 އަހަރުގެ އަލްޔާ ޝަރްސާ ނަސީރުއެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ އެމީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ.

ބަންދު އިތުރުކުރުމަށް ނެރުނު އަމުރުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރުމުގެ މުޅި އޮޕަރޭޝަން ރޭވުމުގައި އިސްކޮށް ހުރީ ރޫނާއެވެ. އަދި އަލްޔާ ޝަރްސާ ނަސީރު ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވަނީ ރޫނާގެ އިރުޝާދުގެ ދަށުން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި އަޑުއެހުމުގައި ފުލުހުން ވަނީ އަލްޔާގެ ދަތުރުފަތުރުގެ ރެކޯޑުތަކާއި ފޯނުން ފެނުނު މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް ހުށަހަޅާފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އަލްޔާއަކީ ގިނަގިނައިން ރާއްޖޭން ބޭރަށް ދަތުރުކުރާ މީހެކެވެ. އަދި މި މައްސަލައާ ގުޅުންހުރި ހެކިތަކެއް އޭނާގެ ފޯނުން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، އަލްޔާ ކޯޓުގައި ބުނެފައިވަނީ އޭނާ ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، ރޫނާ ދިރިއުޅޭ ގެއިން ފެނުނު ފޮށިތަކަކުން ފެނުނު ތަކެއްޗާއި، ފުލުހުން ހިންގި 'ކޮންޓްރޯލް ޑެލިވަރީ' އޮޕަރޭޝަންގައި އަތުލައިގަތް ތަކެއްޗާ ދިމާވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ފާހަގަކުރިއެވެ. މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯ ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެ މީހުން ފުރަތަމަ ހައްޔަރުކުރުމަށްފަހު ބަންދަށް ޖެހީ 15 ދުވަހެވެ. އޭގެ ފަހުން 25 ދުވަސް އިތުރުކޮށްފައިވާއިރު، މިއީ އެމީހުންގެ ބަންދު އިތުރުކުރި ތިންވަނަ ފަހަރެވެ.

މި މައްސަލާގައި ރޫނާގެ ވަކީލު ވަނީ، ފުލުހުން ހިންގި އޮޕަރޭޝަންގެ ބޮޑީ ކެމެރާ ފޫޓޭޖް ތަހުގީގުގެ ބައެއްގެ ގޮތުގައި ހުށަހެޅުމަށް އެދިފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026