މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން ކުލަގަދަކޮށް އަޟްޙާ އީދު ފާހަގަކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 27 May 2026

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި މުޖުތަމަޢުގެ ބައިވެރިންނާ އެކު، 1447 ހިޖުރީ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

2026 ވަނަ އަހަރުގެ އަޟްޙާ އީދާ ގުޅުވައިގެން ބޭއްވި މި ހަފްލާއަކީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އީދުގެ އުފަލާއި ރޫޙު އެކުވެރިކަމާ އެކު ދެމެހެއްޓުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުމެއް ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ހާމަކުރެއެވެ.

ދިވެހި ހައިކޮމިޝަނުން "އެކްސް" މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މި ހަފްލާގައި ދިވެހި ބަހާއި ސަގާފަތް ރަމްޒުކޮށްދޭ ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފޯރިގަދަ ބޯޑުބެރުގެ ހަރަކާތްތަކާއި، ސަގާފީ ތަފާތު ނެށުންތަކުގެ އިތުރުން ކުޑަކުދިންނާއި އާއިލާތަކަށް ޚާއްސަ ކުޅިވަރުތަކާއި ހަރަކާތްތައް ހިމެނެއެވެ. އަދި ހަފްލާގެ ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުން ވެސް ކުރިއަށް ދިޔައެވެ.

Uploaded image

މި ހަފްލާގައި ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދިނުމަށްޓަކައި މެލޭޝިޔާގައި ހަރަކާތްތެރިވާ ދިވެހި ދަރިވަރުންގެ ޖަމިއްޔާތަކުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެގޮތުން ސަންވޭ ޔުނިވާސިޓީ، ޓޭލާޒް ޔުނިވާސިޓީ، އޭޝިޔާ ޕެސިފިކް ޔުނިވާސިޓީ (އޭ.ޕީ.ޔޫ) އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސަގާފީ އައިޓަމްތައް ފާހަގަކޮށްލެވެއެވެ.

Uploaded image

މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ މި ހަފްލާ ކާމިޔާބުކަމާ އެކު ނިންމާލުމަށް އެހީތެރިވެދިން ހުރިހާ ވޮލަންޓިއަރުންނަށާއި، ދަރިވަރުންނަށާއި، ހުށަހެޅުންތައް ހުށަހަޅައިދިން ފަރާތްތަކުގެ އިތުރުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހި މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026