އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު

ހޭދަކުރުމުގައި އިޤުތިޞާދުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 29 May 2026

މުދަލަކީ މާތް ﷲ އަޅުތަކުންނަށް ދެއްވާފައިވާ އަމާނާތެއް ކަމަށާއި، އެ މުދާ ހޯދުމާއި ހޭދަކުރުމުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގައިވާހައި ތަކެއްޗަކީ މާތް ﷲ އަހަރެމެންގެ ޚިދުމަތުގައި ލައްވާފައިވާ ތަކެއްޗެވެ. އަދި މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށްވާއިރު، އެއީ އަހަރެމެން އިމްތިޙާނު ކުރެއްވުމަށް ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެހެންކަމުން މުދާ ހޯދުމުގައި ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަމާއި، ރިޝްވަތާއި، ރިބާ އަދި ޖުވާ ފަދަ ޙަރާމް ކަންކަމުން ދުރުހެލިވުމަށް ޚުޠުބާގައި ބާރުއަޅުއްވާފައިވެއެވެ.

މީގެ އިތުރުން، މުދާ ލިބުމަށްފަހު އެ މުދަލަށް ގެއްލުން ދިނުމާއި ބޭކާރު ގޮތުގައި ހޭދަކުރުމަކީ ހުއްދަ ކަމެއް ނޫންކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. "ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުމުން ދުރުވާން ޖެހޭނެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތު ހަމަވެ އުކާލަން ޖެހޭ ފަހަރު މަދެއް ނޫން،" ޚުޠުބާގައި ވިދާޅުވިއެވެ.

ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުން އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި ދަރަނި ނެގުން ފަދަ އާދަތަކުން ދުރުވުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި މުދަލުގައި އަނބިދަރިންނާއި، ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތައް ވާކަން ދަނެ، އެ މީހުން އެ ޙައްޤުތަކުން މަޙްރޫމް ނުކުރުމަށްވެސް ގޮވާލެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ލިބޭ އެއްޗަކުން ދިރިއުޅުން ބައްޓަންކުރުމަކީ އިޖުތިމާޢީ ގިނަ މައްސަލަތަކަކުން ސަލާމަތްވެ، ޢާއިލާއަށް އުފާވެރިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި ލިބޭ އެއްޗެއް އެއްކޮށް ހުސްކޮށްނުލައި، މުސްތަޤުބަލަށްޓަކައި އޭގެ ބައެއް ރައްކާކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026