ފުވައްމުލަކުގައި ގާއިމްކުރި "ލިވިންގ ލެބް" އަދި މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމް ލޯންޗުކޮށްފި

ހ ހަޅަ
ޚަބަރު 19 May 2026

ފުވައްމުލައް ސިޓީގައި ގާއިމްކުރި "ލިވިންގ ލެބް" އަދި މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމާ މޯބައިލް އެޕް "އުދަ" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ޑީމެޑް ޕްރޮޖެކްޓްގެ ދަށުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށްވާ މަލްޓި ހަޒާރޑް އަރލީ ވަރނިންގް ސިސްޓަމްގެ މަސައްކަތް ނިންމައި، މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރި ލިވިންގ ލެބް ވަނީ ހުޅުވާފައެވެ.

އަދި މަލްޓި ހަޒާޑް އަރލީ ވަރނިން ސިސްޓަމްގެ އިތުރުން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އުދަ"ވެސް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގައި މި މަހުގެ 13ވަނަ ދުވަހުގެ ބޭއްވި ރަސްމިއްޔާތުގައި ލިވިންގ ލެބް ހުޅުވައިދެއްވައި އަދި ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފްއެވެ.

މި ސިސްޓަމަކީ ޔުނައިޓަޑް ކިންގްޑަމްގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކް ލެބުން ތައްޔާރުކޮށްފައިވާ މޯބިލައިޒް ސިސްޓަމްގެ މައްޗަށް ބިނާކޮށް ފުވައްމުލައް ސިޓީގެ ޖިއޯގްރަފީއަށް ހާއްސަކޮށް ޑިވެލޮޕްކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގައި މައިގަނޑު 4 ބައެއް ހިމެނެއެވެ.

އެގޮތުން މޮބިލައިޒްގެ މަލްޓި-އެޖެންސީ ރިސްކް އެސެސްމަންޓް ޕްލެޓްފޯމުގެ ރިސްކް ނޮލެޖް އެންޑް އިމްޕެކްޓް އެނަލައިޒަރ ބޭނުންކޮށްގެ ޤައުމީ އިދާރާތަކާއި ލޯކަލް ކައުންސިލް ފެންވަރުގައި ގެންގުޅޭ ޑޭޓާބޭސްތަކުގެ ޑޭޓާ ބޭނުންކޮށްގެން ރިސްކް އެނެލައިޒް ކުރެވެއެވެ. މިގޮތުން ރިސްކު އެނަލައިޒް ކުރުމަށް ވިޒުއަލް ޓޫލްސް ހިމަނާފައިވުމުގެ އިތުރުން، އެކި ހާލަތްތައް ސިމުލޭޓްކޮށް އެފަދަހާލަތްތަކުން މުޖްތަމައުއަށާއި، އިންފްރަސްޓްރަކްޗަރ އަށް ކުރާނެ އަސަރު ދެނެގަނެވެއެވެ.

އަދި މި ސިސްޓަމްގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަނެވި ދުރާލާ ފިޔަވަޅު އެޅުމަށް އެފަރާތްތަކަށް ރައްކާތެރިވުމުގެ އިންޒާރުގެ މެސެޖްތައް ފޯރުކޮއްދޭން ފަސޭހަވެގެންދެއެވެ.

މި ސިސްޓަމްގެ މޮނިޓަރިން އެންޑް ފޯކާސްޓިންގ ޕްލެޓްފޯމް "އީގަލް އައި" އަކީ މޫސުން ލަފާކުރުމަށް ބޭނުން ކުރާ ބައިނަލްއަޤްވާމީ މޮޑެލްސް ތަކާއި އަދި އެތަނެއްގައި ހުންނަ މޫސުމީ ސެންސަރ ތަކުގެ އެހީގައި، އުފެދެމުން އަންނަ މޫސުމީ ނުރައްކާތައް އަންދާޒާ ކުރަން ބޭނުންކުރާ ސިސްޓަމެކެވެ.

އެގޮތުން ވާރޭ ވެހޭނެ މިންވަރާއި، ވައިގެ ބާރުމިނާއި މިސްރާބާއި، ރާޅުގެ އުސްމިނާއި ފެންބޮޑުވެދާނެ މިންވަރު ދެނެގަތުމަށް މި ސިސްޓަމް ބޭނުންކުރެވެއެވެ.

މި ސިސްޓަމްގައި ދެންހިމެނެނީ ރައްކާތެރި ވުމަށް ފޯރުކޮށްދޭ އިންޒާރުގެ މެސެޖްތައް ފޮނުވާ "ބީކޮން އެކްސް" މޮޑިއުލްއެވެ. މިގޮތުން އެސްއެމްއެސް، ވަޓްސް އެޕް ނުވަތަ ވައިބަރ ފަދަ ޕްލެޓް ފޯމް މެދުވެރިކޮށް މެސެޖް ފޮނުމުގެ އިތުރުން މޯބައިލް އެޕެއް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވެއެވެ.

މި ނިޒާމުގެ 4 ވަނަ ބަޔަކީ އިސްވެ ދެންނެވުނު މޮބައިލް އެޕެވެ. "އުދަ"ގެ ނަމުގައި ލޯންޗް ކުރި މޯބައިލް އެޕްއިން މޫސުމީ އިންޒާރު ލިބުމުގެ އިތުރުން، އެކި ކަހަލަ ހާދިސާތައް ކައުންސިލް އަށް ރިޕޯޓް ކުރެވޭނެ ނިޒާމެއް ވަނީ އެޕްގެ ތެރޭގައި ހިމަނާފައެވެ. މިއީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަސް ހިމަނައިގެން ވީހާވެސް ގިނަ ރައްޔިތުންނާއި، ބިދޭސީ މަސައްކަތްތެރިންގެ ބޮޑުބައެއް ހިއްސާކުރާ ބަންގްލަދޭޝް މީހުނާއި، ފަތުރުވެރިންނައް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ރާއްޖޭގެ ފުރަތަމަ އެޕެކެވެ.

މި ސިސްޓަމް ލޯންޗް ކުރުމުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިމެނޭހެން މި ސިސްޓަމްގެ ޓްރެއިނިންގ ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން "ލިވިންގ ލެބް" ނަމުގައި ހުޅުވުނު ވަސީލަތަކީ، ވަކިވެފައިވާ ޓެކްނިކަލް މެކޭނިޒަމްއެއްގެ ބަދަލުގައި، މޫސުމީ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި ކަންކަން ރޭވުމަށްޓަކައި ފުވައްމުލަކު ސިޓީކައުންސިލާއި، ސަލާމަތީ ބާރުތަކާއި، ޤައުމީ އިދާރާތައް ގުޅިގެން މަސައްކަތްކުރަން ޤާއިމުކުރެވުނު މަލްޓިހަޒާޑް އަރލީ ވަރނިންގ ޑިސިޝަން ސަޕޯޓް ސެންޓަރެކެވެ.

ސީދާ އެ ސަރަހައްދެއްގެ ހާލަތުގެ މައްޗަށް ބިނާކޮށް އެކި ކަންކަން ނިންމުމަށް މި ސެންޓަރުގައި އިސްވެ ދެންނެވުނު ސިސްޓަމްތަކަށް އެކްސެސްވެ މަޝްވަރާ ކުރެވޭގޮތަށް ވަސީލަތްތައް ޤާއިމްކޮށްދެވިފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް ދެއްކެވި ވާހަކައިގައި، ހަމަ އެކަނި މޫސުން ލަފާކުރުމާއި އެ ލަފައަށް ބަރޯސާވުމުގެ ސަގާފަތް ދޫކޮށް، މޫސުމުގެ ސަބަބުން ދިމާވާ ނުރައްކަލުގެ ހާދިސާތައް ލަފާކޮށް އެކަމަށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅާ ބަޔަކަށް ބަދަލުވާންޖެހެއެވެ.

އަދި ބައިނަލްއަޤްވާމީ ފްރޭމްވޯކްތަކަށް ރިއާޔަތްކޮށް، އޯޕަން ޑޭޓާ ޝެއަރ ކުރުމާއި، މީހުން ބިނާކުރުމާއި، ފުރިހަމަގޮތުގައި ވަސީލަތްތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއި ރަފީޤްވަނީ ކުރިން އެ ސިޓީއަށް ދިމާވި ރާޅުއެރުމުގެ ބޮޑެތި ހާދިސާތައް ފާހަގަކުރައްވާފައެވެ. އަދި މި ޕައިލެޓް ޕްރޮޖެކްޓް ގެ ސަބަބުން މިފަދަ ހާދިސާ ތަކުން ރައްކާތެރިވުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މޮޑެލް ދިރާސާކޮށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ތަޖުރިބާގެ އަލީގައި މި ސިސްޓަމް އެހެން ރަށްރަށުގައި މި މޮޑެލް ކުރިއަށް ގެންދިއުމަށްވެސް މޭޔަރ އެދިވަޑައިގެންނެވިއެވެ.

މި ހަފްލާގައި ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ފަރާތުން ޕްރޮފެސަރ ޓެރެންސް ފެނާންޑޯ ވަނީ ސިސްޓަމް މަސައްކަތް ކުރާގޮތް ހުށަހަޅުއްވައި ދެއްވިއެވެ. އަދި މި ނިޒާމު މެދުވެރިކޮށް، ސައިންޓިފިކް ޑޭޓާ ބޭނުންކޮށްގެން، އަވަސް އަދި ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް މަގުފަހި ކޮއްދޭކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026