ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މުހުތާޒު މުހުސިން
ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މުހުތާޒު މުހުސިން

ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް: މުހުތާޒު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 01 Jun 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އާއިލާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ބަޔަކާ ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ފަތުރަމުންދަނީ މުޅިން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްކަމާއި، ރައީސް އޮފީހުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވާފައިވާ މުހުތާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އާއިލާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ބަޔަކާ ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވި ގޮތުގައި، އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހުރިހާ ވަގުތެއް ހޭދަކުރެއްވީ އާއިލާއާ އެކުގައެވެ. އަދި އެ ދަތުރުފުޅުގެ ކަންކަން އެންމެ ގާތުން ދުށް މީހެއްގެ ހައިސިއްޔަތުން، ސިޔާސީ އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާކަން ކަށަވަރުކޮށްދެއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުހުތާޒު ވަނީ ސިޔާސީ ފިތުނަވެރިކަން އުފެއްދުމަށްޓަކައި ފަތުރާ މިފަދަ ދޮގު ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މުޖުތަމައު ބައިބައިކޮށް، ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ފަދަ ކަންކަމުން އެންމެހާ ފަރާތްތަކުން ދުރުހެލިވާން ޖެހޭ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށް ސަރުކާރުން ކުރިންވެސް ވަނީ ހާމަކޮށްފައެވެ. ސޯޝަލް މީޑިއާގައި މިފަދަ ދޮގު ޚަބަރުތަކެއް ފެތުރިފައި މިވަނީ ސިޔާސީ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026