50 މިލިއަން ޑޮލަރުގެ ދަރަނި މިއަދު ޚަލާސްކޮށްފި، އަދި ތެލާއި ކާޑުގެ އިންތިޒާމުތައްވެސް ހުރީ ހަމަޖެހިފައި: މާލީ ވުޒާރާ

ހ ހަޅަ
ޚަބަރު 17 Sep 2026

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލަކަށް ފައިސާ ދައްކައި ޚަލާޞްކުރުމާ ގުޅިގެން، ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް އަރުވައިފިއެވެ.

މިއަދު ދައްކައި ނިންމި މި ފައިސާއަކީ، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެކި ފަހަރު މަތިން ކުރީގެ ރައީސް ސާލިޙުގެ ވެރިކަމުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. މި ފެސިލިޓީގެ ތެރެއިން މި ސަރުކާރުން ވަނީ ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، އަދި 11 މޭ 2024 ގައި އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. ބަޖެޓް ސަޕޯޓަށް ކުރީގެ ސަރުކާރުން ނެގި މި ދަރަނި، މިއަދުގެ ތާރީޚުގައި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާއެކު މިހާރު ވަނީ އެއްކޮށް ޚަލާޞްކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި، އޯގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ.

މި ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް ފިނޭންސް މިނިސްޓްރިން ހާމަކުރެއެވެ. ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހުގެ އިތުރުން މުހިންމު އެހެނިހެން މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބާޔާނުގައި ވަނީ ހާމަކޮށްފައެވެ.

ފިނޭންސް މިނިސްޓްރިން އިތުރަށް ހާމަކުރާގޮތުގައި، ޒަރޫރީ މުދަލާއި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. އެހެންކަމުން، ދަރަނި އަދާކުރުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ދަރަނި ބެލެހެއްޓުމުގައި ގެންގުޅޭ ސިޔާސަތަކީ ދަރަނި އަދާކުރަންޖެހޭ ތާރީޚުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުމެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުންވެސް ދަނީ ކުރިއަށް ގެންދަމުންދާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އުންމީދު ކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އެޗްއައިވީގެ ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ފިޖީގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި
އެޗްއައިވީގެ ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ފިޖީގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި
ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ފިޖީގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެ ޤައުމުގައި ޤައުމީ ފެންވަރުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. މި ނިންމުމާއެކު އެ ޤައުމުގެ ސަރުކާރުން ވަނީ އެޗްއައިވީއަށް ޓެސްޓުކުރުމާއި، ފަރުވާ ދިނުމާއި، ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް އަވަސްކޮށްފައެވެ.
ދުނިޔެ 17 Sep 2026
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިތުބާރުހުރި ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އަސާސް: މެޑަމް ސާޖިދާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިތުބާރުހުރި ސިއްޙީ ނިޒާމެއް ބިނާކުރުމުގެ އަސާސް: މެޑަމް ސާޖިދާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަރުދަނާ އަދި އިތުބާރު ހިފޭ ސިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޚަބަރު 17 Sep 2026
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ޤައުމީ 4 ބޮޑު މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ނިޒާމީ ބަދަލުތަކެއް ގެނެސްފި: ވަޒީރު އިޙްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު ހަތަރު މައްސަލަ ޙައްލުކުރުން ކަމަށާއި، އެކަމަށްޓަކައި ޚާއްޞަ ނިޒާމީ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޚަބަރު 17 Sep 2026
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމުގެ ގަރާރު ޕީއެންސީން ފާސްކޮށްފި
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މުޢިއްޒަށް ދައުވަތު އެރުވުމުގެ ގަރާރު ޕީއެންސީން ފާސްކޮށްފި
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް ހުށަހެޅި ހާއްސަ ގަރާރު އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޚަބަރު 17 Sep 2026