ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު، ރައީސްގެ ދެކަނބަލުންނާއެކު / ފޮޓޯ: މިހާރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު، ރައީސްގެ ދެކަނބަލުންނާއެކު / ފޮޓޯ: މިހާރު

ޕީއެންސީ ބައިބައިކުރަން ފަތުރަނީ ކަނޑައެޅިގެން ދޮގު ޚަބަރުތަކެއް: ޕާޓީގެ ލީޑަރޝިޕުން ރައްދު ދީފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 25 May 2026

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅުވައިގެން ބައެއް ނޫސްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ޕާޓީގެ ތެރޭގައި ފިތުނަ އުފައްދައި، ރައްޔިތުންގެ މެދުގައި އޮޅުވާލުންތަކެއް އުފެއްދުމަށް ގަސްތުގައި ކުރަމުންދާ މަސައްކަތެއް ކަމަށް ބުނެ އެ ޕާޓީގެ އިސް ބޭފުޅުން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް 2026 ބޭއްވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލަވާލި ގޮތާއި، އެ ޕާޓީގެ ސެނެޓުން ނިންމި ނިންމުންތަކާ ގުޅޭގޮތުން "އަދަދު" ނޫސް ހިމެނޭހެން ބައެއް މީޑިއާތަކުގައި ޝާއިޢުކޮށްފައިވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް - 2026 ބޭއްވުމާބެހޭ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލަވާލެވުނު ގޮތާބެހޭ ގޮތުންނާއި މެންބަރުންގެ މަޖިލީހުގެ ނިންމުމާބެހޭގޮތުން، އަދަދު ނޫހާއި ހުރިހާ ނޫހުގައި ލިޔެފައިވާ ޚަބަރަކީ ވަރަށް ބޮޑަށް އޮޅުވާލައި ފިތުނަ އުފެއްދުމަށް ލިޔެފައިވާ ޚަބަރެއް،

މިއަހަރުގެ އޭޕްރީލް 20 ގައި އެސްޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަތުހީ ވިދާޅުވިއެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ މީޑިއާތަކުން ފަތުރާ ވާހަކަތައް ދޮގުކުރައްވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ، ޕާޓީގެ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް ހުށަހެޅުމެއް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އަދި ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއްކަން ފާހަގަކުރައްވައި، ފިތުނަ ފަސާދަ އުފައްދައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ، ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕާޓީގެ ސެނެޓްގައާއި ލީޑަރޝިޕްގައި ނުހިނގާނެ ކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރުތަކުން ސާފުވަނީ، ބައެއް ފަރާތްތަކުން ފައިސާ ދީގެން ނޫސްވެރިން ލައްވައި ބޮޑެތި އިތުރުފުޅުތައް ހައްދަމުންދާ މިންވަރު ކަމަށް ފަލާޙް ތުހުމަތު ކުރެއްވިއެވެ.

ރައީސް މުޢިއްޒަކީ މި ގައުމު މިފަހުގެ ތާރީޚެއްގައި ދެކުނު، މުޅި ގައުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ހަމައެކަނި ވެރިކަން ކުރައްވާ ރައީސް،

ފަލާޙް ވިދާޅުވިއެވެ.

ޕީއެންސީގެ ލީޑަރޝިޕުން ބުނަމުންދަނީ އެ ޕާޓީ އޮތީ ރައީސް ޑރ. މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ބަދަހިކޮށް ކަމަށާއި، ބޭރުން އަންނަ އެއްވެސް ނުފޫޒަކުން ނުވަތަ ފަތުރާ ދޮގު ޚަބަރަކުން ޕާޓީގެ ސަފުތައް ރޫޅާނުލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026