މިނިސްޓަރު އިރުތިޝާމް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާރލީ އަޔޯކަރ ބޮޗްވޭއާ ބައްދަލުކުރައްވަނީ
މިނިސްޓަރު އިރުތިޝާމް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާރލީ އަޔޯކަރ ބޮޗްވޭއާ ބައްދަލުކުރައްވަނީ

ކޮމަންވެލްތުގައި ރާއްޖޭގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރުގެ މުހިންމު މަޝްވަރާތަކެއް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 30 May 2026

ކޮމަންވެލްތުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށާއި، އެ ޖަމްޢިއްޔާއާ އެކު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ އެކު މަޝްވަރާތަކެއް ކޮށްފިއެވެ.

ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު، މާލްބަރާ ހައުސްގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާރލީ އަޔޯކަރ ބޮޗްވޭއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮތް ގާތް އަދި ޒަމާންވީ ގުޅުމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ބޮޗްވޭ ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (އެސްއައިޑީއެސް) ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމުގައާއި، އެ ޤައުމުތަކުގެ ހައްޤުތައް ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި ތައުރީފު ކުރައްވާފައެވެ. އަދި މިނިސްޓަރު އިރުތިޝާމަށް މާލްބަރާ ހައުސްއިން މަރުޙަބާ ދެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، މިއީ ރާއްޖެއިން ކޮމަންވެލްތުގެ މަސައްކަތްތަކަށާއި އުސޫލުތަކަށް ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިރުތިޝާމް ވަނީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ސެކްރެޓަރީ ޖެނެރަލްއަށް ޝުކުރު އަދާކުރައްވާފައެވެ. ރާއްޖެއިން ކޮމަންވެލްތުގެ ޗާޓަރަށާއި އަސާސްތަކަށް ފުރިހަމައަށް ތަބާވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ކޮމަންވެލްތުގެ ތެރޭގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް، ނުފޫޒުގަދަ ދައުރެއް އަދާކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.

2020 ވަނަ އަހަރު އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، ރާއްޖެ ވެފައިވަނީ މޫސުމީ ބަދަލުތަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ދެމެހެއްޓެނިވި ތަރައްޤީ ފަދަ މުހިންމު ދާއިރާތަކުން ކުދި ޤައުމުތަކުގެ އަޑު އުފުލާ އިސް ޤައުމަކަށެވެ. 56 މެންބަރު ޤައުމު ހިމެނޭ މި ޖަމްޢިއްޔާގެ ތެރެއިން ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ރާއްޖެއިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026