މޫސުމީ ބަދަލުތަކަށް ތަޢުލީމީ ދާއިރާ ހޭނުވުމަށް ޖީ.ޕީ.އީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭއެހީ ދިނުމަށް ފާސްކޮށްފި

ހ ހުސައިން އިސްމާއިލް
ޚަބަރު 10 Jun 2026

ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، އަދި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލްކަން ލިބިފައިވާ، ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި، 200,000 އެމެރިކާ ޑޮލަރު (3,084,000 ރުފިޔާ) ގެ ހިލޭއެހީ ރާއްޖެއަށް ދިނުމަށް ފާސްކޮށްފިއެވެ.

މިއީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ އިސް އެއް ޖަމްޢިއްޔާ ކަމަށްވާ "ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން" (ޖީ.ޕީ.އީ) އިން ދޫކުރައްވައިފައިވާ ގްރާންޓެކެވެ. ޖީ.ޕީ.އީގެ "ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް" (ސެސީ) ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުން ދެއްވި މި ގްރާންޓްގެ މަޝްރޫޢު ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓަރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބެލުމުގެ ދަށުން ޔުނެސްކޯ އަދި "ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާ" ގެ އެއްބާރުލުމާއެކުގައެވެ.

2027 މެއި މަހުގެ ގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ސެސީ" މަޝްރޫޢުގައި މައިގަނޑު ހަތަރު ދާއިރާއަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮތުން؛

  • މޫސުމާ ގުޅޭ ކަންކަމަށް ޚަރަދުކުރުމަށް މާލީ އެހީ ހޯދުން: މޫސުމާ ގުޅޭ ކަންކަމަށް ޚަރަދުކުރާ ބައިނަލްއަޤްވާމީ ފަންޑުތަކުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ ޤާބިލުކަން އިތުރުކުރުން.

  • ޤައުމީ މަންހަޖުގައި މޫސުމާބެހޭ ބައިތައް ހިމެނުމާއި މުދައްރިސުން ތަމްރީނުކުރުން: ސްކޫލްތަކުގައި ކިޔަވައިދޭ މަންހަޖުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމުގެ ބައިތައް ހިމަނައި، މުދައްރިސުންނަށް ބޭނުންވާ ޚާއްސަ ތަމްރީނު ދިނުން.

  • ސްކޫލްތަކުގެ އުމުރާނީ ވަސީލަތްތައް ވަރުގަދަކުރުން: ދިވެހިރާއްޖެއަށް އާންމުކޮށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް ސްކޫލްތައް ފަރުމާކުރުމާއި، ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލްތަކުގެ އުމްރާނީ ހާލަތު ބަލައި އޮޑިޓްކުރުން.

  • މޫސުމީ ބަދަލުތަކާއި މައުލޫމާތު ބަލަހައްޓާ ނިޒާމު: މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ އެހީގައި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް، ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިކުރުމާއެކު ތައުލީމީ ދާއިރާގެ މައުލޫމާތު ބަލަހައްޓާ ނިޒާމު އިތުރަށް ހަރުދަނާކުރުން.

ޖީ.ޕީ.އީ އަކީ ދިވެހިރާއްޖެ ފަދަ ގައުމުތަކުގެ ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުކުރުމާއި ދާއިރާގެ ކުރިއެރުމުގައި މުހިންމު ހިއްސާދާރެކެވެ. ޖީ.ޕީ.އީގެ ހިލޭއެހީގެ ދަށުން "ތަޢުލީމަށް އިންގިލާބީ ބަދަލު" (ތައިބަ)ގެ ނަމުގައި މަޝްރޫޢެއް މިނިސްޓަރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި ޖީޕީ.އީގެ އެހީއާއިއެކު މިހާރުވެސް ކުރިޔަށްދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026