ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ހ ހަޅަ
ޚަބަރު 10 Sep 2026

ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ އިންސާފުވެރި އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށްދާނެ މަޝްރޫޢެއް ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.

ހުޅުމާލޭގެ އައު ސަރަހައްދުތަކުގެ އަސާސީ ހިދުމަތްތައް

މީގެއިތުރުން، 'ރައްޔިތުންގެ އަޑު' ޕްރޮގްރާމުގައި ވާހަކަދެއްކި ފަރާތަކުން ވަނީ ހުޅުމާލޭގެ އަލަށް ހިއްކި ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން، ގެދޮރު އިމާރާތްކުރުމުގެ ހުއްދަ ނުލިބޭ މައްސަލަ ފާހަގަކޮށްފައެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، ހުޅުމާލޭގެ އައު ސަރަހައްދުތަކުގައި ގެދޮރު ބިނާކުރުމަށް ރައްޔިތުން ބޭނުންވެފައިވާއިރު، އެކަމަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެޗްޑީސީން އެކި މަރުހަލާތަކަށް ބަހާލައިގެން މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމޭނެ މަގުތައް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އިކުއިޓީ ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް

ގެދޮރު އެޅުމަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ސަރުކާރު މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ބޭންކުތަކަށް ދައްކަންޖެހޭ އިކުއިޓީ ފައިސާ ދެއްކުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިކުއިޓީ ފައިސާ ދެއްކުމުގައި ލުއިފަސޭހަކޮށްދިނުމަށް ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، މިއީ ގިނަ ރައްޔިތުން އެދޭ އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި މިކަމަށް ގިނަ ފައިސާއާއި އެކަށީގެންވާ ވަގުތު ބޭނުންވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
އިންޖިނިއަރިން ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަންކޮށް އެވޯޑު ދީފި
އިންޖިނިއަރިން ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަންކޮށް އެވޯޑު ދީފި
ޚަބަރު 10 Sep 2026
ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި
ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި
މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. އަދި އެ ކުންފުނީގެ ފަރާތުން ބައިވެރިވެލެއްވީ، ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ. މި ބައްދަލުކުރެއްވުމުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ދެެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިސްކިތުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެެއްވާފައެވެ.
ޚަބަރު 10 Sep 2026
ރައީސުލްޖުމްހޫރިއްޔާ، އިންޖިނިއަރސް އެވޯޑް 2026 ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ، އިންޖިނިއަރސް އެވޯޑް 2026 ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
ބަރސެލޯ ނަސަންދުރާގައި މިރޭ އޮތް "އިންޖިނިއަރސް އެވޯޑް 2026" އަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރީންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
ޚަބަރު 10 Sep 2026