ހާލު ކިހިނެއް؟ ޕްރޮގްރާމުގެ ތެރެއިން 4300 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފި!

ހާލު ކިހިނެއް؟ ޕްރޮގްރާމުގެ ތެރެއިން 4300 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފި!

ހ ހަޅަ
ޚަބަރު 22 Aug 2024

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ހާލު ކިހިނެއް؟ ޕްރޮގްރާމުގެ ތެރެއިން 4362 ގޭބީސީއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބަލައިފިއެވެ.

ހާލު ކިހިނެއް؟ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެންގުޅުވާ ތަސައްވުރުގެ މައްޗަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މެއި މަހުގެ 30 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުން ފަށާފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުންނެވެ. މިހާތަނަށް މާލެ ސަރަހައްދުން 2767 ގޭބީސީއަކަށް ވަނީ ޒިޔާރަތްކުރެވި އާއިލާތަކުގެ ހާލަތު ބެލިފަ އެވެ.

ހަމައެއާއެކު އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމު ފެށިގެން ކުރިއަށް ދާއިރު، މިހާތަނަށް 1595 ގޭބީސީއަކަށް ވަނީ ޒިޔާރަތްކުރެވިފަ އެވެ.

ހާލު ކިހިނެއް؟ ޕްރޮގްރާމުގައި މިހާތަނަށް ކުރި ޒިޔާރަތްތަކުން ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ އާއިލާތަކުން ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، އާއިލީ ދިރިއުޅުމަކަށް ބޭނުންވާ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ އާއިލާތަކުން ފާހަގަކޮށްފައި ވެއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ބޭސްފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާއި، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދިމާވާ ދަތިތައް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ދެނެގަނެވިފައެވެ.

އެގޮތުން މިހާތަނަށް ބޭސްފަރުވާއާއި ގުޅުންހުރި 195 މައްސަލައެއް އަދި ވެލްފެއާއާއި ގުޅުންހުރި 187 މައްސަލައެއް ދެނެގަނެވިފައިވާއިރު، މި ހުރިހާ މައްސަލައަކަށް ވަނީ އެޓެންޑުކުރެވިފަ އެވެ. އަދި ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 179 މައްސަލައެއް ވަނީ މުޅިން ހައްލުކުރެވި އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ.

ހަމައެއާއެކު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް ހުށައެޅި 75 މައްސަލައަކަށް ހުޅުމާލޭ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ވަނީ ހައްލު ހޯދާދެވި، އެ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާދެވިފަ އެވެ.

މީގެ އިތުރުން އެސްޓީއޯ މެޑިކަލްސްއާއި ގުޅިގެން ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރެވެމުންދާކަން ފާހަގަކޮށްލެވެ އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް؟ ޕްރޮގްރާމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން މިހާތަނަށް އެފަދަ އެހީތެރިކަން ބޭނުންވާ 7 އާއިލާއެއް ދެނެގަނެވިފައިވާއިރު، އެ ފަރާތްތަކަށް ކެއާ ޕެކޭޖް ފޯރުކޮށްދެވި އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަމްސް އެއިޑް އަދި އެޗްޑީސީން ގެންދަނީ ވުޒާރާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެކަށީގެންވާ އާމްދަނީ ލިބޭނެ ވަޒީފާ ނެތުމުގެ މައްސަލަތަކާއި، ހުޅުމާލެ ހިޔާ ފްލެޓް އެއްމެދު އިމާރާތަކުގެ މެއިންޓަނެންސް މައްސަލަތައް ފަދަ ކަންކަމަކީ މި ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާ އާއިލާތަކުގެ ކަންބޮޑުވުންތަކެވެ.

މިކަންކަން ހައްލު ކުރުމަށް ވަކިން ޚާއްސަކޮށް، އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ ސަރުކާރު ކުންފުނިތަކާއި، އަދި ވެސް އަމިއްލަ ފަރާތްތަކާއި ވެސް މަޝްވަރާކުރަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަކި ސެކްޝަނެއް އުފައްދައި، މަސައްކަތް ކުރަމުންދާއިރު، ތަފާތު އިންޓާންޝިޕް ޕްރޮގްރާމުތަކާއި ޓްރެއިނިންތަކުގައި އެކުދިން ބައިވެރިކޮށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެންގުޅޭ މީހުންނަށް ވަޒީފާ އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމުގައި ވެސް މިނިސްޓްރީން ވަނީ އިދާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އޮގަސްޓު 15 ގެ ނިޔަލަށް މާލެ ސަރަހައްދުން 2700 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދޭން ފެށިފައިވާއިރު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ހާލު ކިހިނެއް؟ ޕްރޮގްރާމު ވިލިމާލޭގައި ވެސް ފަށާފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ އަމާޒަކީ އެއް އަހަރު ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، އެ އާއިލާގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާނެ ކަންކަން ދެނެގަނެ ދައުލަތުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026