މަސްތުވާތަކެތި އެތެރެކުރި ކުޅުދުއްފުށީ އަންހެނަކު 50 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 22 Jul 2026

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ އަންހެނަކު 50 އަހަރަށް ޖަލަށްލުމަށާއި، 200,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމް އައީ ކުޅުދުއްފުށީ އަންހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު 1 އެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހަނިމާދޫ އެއާޕޯޓަށް ދިޔަ މަގުމަތީގައި، އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކުވެގެން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން އޭނާ ހުއްޓުވުމުން، އޭނާ ލައިގެން ހުރި އަންނައުނުގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަމިއްލައަށް ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާ ކަމަށާއި، މިކަމަކީ ބައެއްގެ މަޖުބޫރުކުރުމެއް އޮވެގެން ހިނގި ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެ މަޖުބޫރުކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ނުވަތަ ދިފާއީ ހެއްކެއް އޭނާއަށް ހުށަހެޅިފައެއް ނުވެއެވެ.

މި މައްސަލައިގައި ހުކުމް އިއްވަވަމުން މެޖިސްޓްރޭޓް ހައްވާ އިބްރާހީމް ވިދާޅުވީ، އޭނާ ކުށަށް އިންކާރު ކުރި ނަމަވެސް، އޭނާ ލައިގެން ހުރި ބްރާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިއިރު، އެއީ އޭނާއަށް ނޭނގި ހުންނާނެ އެއްޗެއް ކަމަށް ބުއްދި ގަބޫލުނުކުރާ ކަމަށެވެ. އަދި މާލެއިން ފުރައިގެން ހަނިމާދުއަށް ދިޔައިރުވެސް އެތަކެތި ހުރީ އޭނާގެ ހަށިގަނޑުގައި ފޮރުވާފައިކަން އޭނާގެ އަމަލުތަކުން ސާބިތުވާ ކަމަށް ކޯޓުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓުގައި އޭނާ އުޅުނުއިރު ވަރަށް ބޮޑަށް ހާސްވެ، ދެކޮޅު ބަލައި، ބާރު ހިނގުމެއްގައި ހިނގާފައިވާކަން ހެކިންގެ ހެކިބަހުން އެނގޭތީ، އެއީ ގަރީނާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ. އަދި މާއްދީ ހެއްކެއްގެ ގޮތުން އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަން ވަނީ ސާބިތުވެފައެވެ.

ކުޅުދުއްފުށީ ކޯޓުން ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމަކާއި 100,000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ޖަދުވަލު 1 އެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގައި އިތުރު 25 އަހަރުގެ ޖަލު ހުކުމަކާއި 100,000 ރުފިޔާގެ ޖޫރިމަނާއެއް އޭނާގެ މައްޗަށް އިއްވާފައެވެ. އެހެންކަމުން އޭނާއަށް ވަނީ ޖުމްލަ 50 އަހަރުގެ ޖަލު ހުކުމަކާއި 200,000 ރުފިޔާގެ ޖޫރިމަނާއެއް އައިސްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރަނީ
މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޚަބަރު 09 Sep 2026
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސް ޑރ. މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މިނިސްޓަރު މުއްޠަލިބް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިންގ އެވޯޑެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވަލޮޕްމެންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޚަބަރު 09 Sep 2026
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލްތައް ސަރުކާރުން ހާމަކުރައްވައިފި
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި ސުލޫކު އަލުން އިޢާދަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މުހިންމު ތަފްޞީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ޚަބަރު 09 Sep 2026
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026